ކެފޭއެއްގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގައި މިއަދު ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ވީ ކިހިނެއް؟- ފުލުހުން ބުނިގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ މިއަދު ހަވީރު 3:30 ހާއިރެވެ. އެތަނުން ބުނީ:
ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވީ 22 އަހަރުގެ ޒުވާނެއް ކަމަށް
އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން
އެކަމަކު އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބޭ
'ދައުރު'އަށް އެނގިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ވަޅިއަކުންނެވެ.
އެނގުން މުހިއްމު- މިދިޔަ ހަފުތާގައި ވެސް މާލޭގައި ވަނީ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފަ އެޗެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ