ސީއެސްސީގެ މެންބަރު ކަމަށް މުޖުތާޒް އައްޔަނު ކުރައްވައިފި

އެ މަގާމަށް މުޖްތާޒް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އޭނާއަށް ރުހުން ދީފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެމްބަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖްތާޒް އައްޔަނު ކުރައްވައިފި އެވެ.
ސީއެސްސީގެ މެންބަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މުޖްތާޒް އައްޔަނު ކުރައްވާފައި ވަނީ ރައީސް އޮފީހުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.އެ މަގާމަށް މުޖްތާޒް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އޭނާއަށް ރުހުން ދީފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަނުކުރަން ރައީސް މަޖިލީހަށް ފޮނުއްވީ، އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.މުޖުތާޒް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އޭނާ އަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ