ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުން ރާއްޖެ ގެނައި ބައެއް ދިވެހި އާއިލާތައް ނެޝަނަލް ރިއިންޓެގްރޭޝަން ސެންޓަރުން ދޫކޮށްލައިފި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ރިއިންޓެގްރޭޝަން ސެންޓަރުގައި ތިބި އާއިލާތަކުގެ ތެރެއިން ބައެއް އާއިލާތައް ދޫކޮށްލީ މި ނިމުނު ރޯދަ މަހުގެ ތެރޭގަ އެވެ. އެ ސެންޓަރުގައި އަދިވެސް މަދުވެގެން ދެ އާއިލާއެއް ގެންގުޅޭ ކަމަށް އެނގިފައިވެ އެވެ.
ކ. ހިންމަފުށީގައި ހިންގާ ސެންޓަރަށް އެންމެ ފުރަތަމަ ގެނައީ ތިން މީހުންނެވެ. އެމީހުން ގެނައީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމުމަށްފަހު އެ އެންމެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން ޖެނުއަރީ، 2024، ގައި 21 މީހަކު ރާއްޖެ ގެނަ އެވެ. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ރޯދަ މަހު ދޫކޮށްލީ އެފަހަރު ގެނައި އާއިލާތަކުގެ ތެރެއިން ބައެއް މީހުންނެވެ.
އިސްލާމިކް ސްޓޭޓުގެ ނަމުގައި އުފައްދައި ސީރިއާ އާއި އިރާގުގައި ހަނގުރާމަ ކުރަމުންދިޔަ ގްރޫޕާ ގުޅެން ދިވެހި ވަރަށް ގިނަ ބަޔަކު ހިޖުރަ ކުރި އެވެ. ސީރިއާއަށް ދިޔަ ދިވެހިންގެ އަދަދު 200 އަށް އަރާ ކަމަށް ބައެއް އިދާރާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އެންމެ ގިނަ ދިވެހިން ގުޅުނީ އައިސިސް އާ ކަމަށް ވިޔަސް ފަހުން އުފެދުނު ނުސްރާ ފްރަންޓުގައި ވެސް ދިވެހިން ހަރަކާތްތެރިވި އެވެ.
ސީރިއާގެ ވެރިކަމުން ބަޝާރް އަލް އައްސަދު ވައްޓައިލި ހަޔާތު ތަހުރީރް އަލް ޝާމް (އެޗްޓީއެސް) ގައި ބައެއް ދިވެހިން މިހާރު ވެސް ހަރަކާތްތެރިވެ އެވެ. އައްސަދުގެ ވެރިކަން ވައްޓާލުމަށް ހިންގި އަސްކަރީ އޮޕަރޭޝަނުގައި ވެސް ދިވެހިން ބައިވެރިވި އެވެ.
ސީރިއާގެ ކޭމްޕުތަކުން ގެނައި ބައެއް އާއިލާތައް ނެޝަނަލް ރިއިންޓެގްރޭޝަން ސެންޓަރުން ދޫކޮށްލައިފި ސީރިއާގެ ކޭމްޕުތަކުން ގެނައި ބައެއް އާއިލާތައް ނެޝަނަލް ރިއިންޓެގްރޭޝަން ސެންޓަރުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ