ބެންގަލޫރު (ޖޫން 14) - ރޯޔަލް ޗެލެންޖާސް ބެންގަލޫރް (އާރްސީބީ) 18 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން ހޯދައި، ކުރިއަށްގެންދިޔަ އުފާފާޅުކުރުމުގެ ތެރެއިން، 11 މީހުން މަރުވި މައްސަލައިގައި، އައިޕީއެލް އިން ބެންގަލޫރު ސަސްޕެންޑްކޮށްފާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޕަންޖާބު ކިންގްސް ބަލިކޮށް، 18 އަހަރު ވަންދެން އައިޕީއެލް ކާމިޔާބުކުރަން ބެންގަލޫރުން ކުރި އިންތިޒާރަށް ނިމުން އަތުވިއިރު، ބެންގަލޫރުގެ ގިނަ ސަޕޯޓަރުން ވަނީ އެ ޓީމު ބައިވެރިވެ، އެ ސިޓީގައި ކުރިއަށްގެންދާ އުފާފާޅުކުރުުމުގައި ބައިވެރިވާން ނިންމައިފަ އެވެ.
ބެންގަލޫރު ޓީމުގެ އުފާފާޅުކުރުން ބޭއްވުމަށް ގަސްދުކުރި، ޗިންނަސްވާމީ ސްޓޭޑިއަމަކީ، 32،000 މީހުންގެ ޖާގައިގެ ދަނޑެއް ނަމަވެސް އާރްސީބީގެ އެ އުފާފާޅުކުރުމުގައި ބައިވެެރިވާން އެއްވެ، ތިބި މީހުންގެ އަދަދު 200،000 އަށް ވުރެ އިތުރެވެ. އަދި، މި އިވެންްޓް އިންތިޒާމްކުރި ފަަރާތުން، މައުލޫމާތުތައް އެންމެ ރަނގަޅަށް ފޯރުކޮށްދީފައިނުވާތީވެ، އެކި މީހުން އަވަސްވެ އުޅެގަތުމުން، މީހުންތައް ފިތި، 11 މީހަކު (ކުޑަކުދިން ހިމެނޭހެން) ވަނީ މަރުވެފަ އެވެ. އަދި، 47 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. މި މައްސަަލައިގައި، ކިއުބަން ޕާކް ޕޮލިސް ސްޓޭޝަނުގައި ވަނީ، އާރްސީބީ އާއި އިވެންޓް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ، ޑީއެންއޭ އެންޓަޓައިމަންޓް ނެޓްވޯކްގެ އިތުރުން، ކަރްނަޓަކާ ކްރިކެޓް އެސޯސިއޭޝަނާ ދެކޮޅަށް މައްސަަލަ ހުށަހަޅައިފަ އެެވެ. އެ މައްސަލަ މިހާރު އަންނަނީ ކޯޓުގައި ކުރިއަށްދަމުންނެވެ.
ތަހުގީގުގެ ތެރެއިން ސާބިތުވާ ކަންކަމަށް ބަލައި، އައިޕީއެލް އިން އާރްސީބީ އަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން، ކްލަބުން ހިންގާ އިވެންޓްތަކުގެ، ސަލާމަތީ ކަންކަން ރަނގަޅުކުރަން ލާޒިމުކުރާ ބައެއް ގަވާއިދުގައި ހިމެނޭއިރު، ހިނގައިދިޔަ ހާދިސާ އަކީ އާރްސީބީން ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމުން، އެ ކްލަބްގެ އިހުމާލުން ހިނގި ކަމެއްގެ ގޮތުގައި ސާބިތުވެއްޖެނަމަ، އެ ޓީމަށް އެއް އަހަރުގެ ސަސްޕެންޝަނެއް އަތުވުމުގެ ފުރުސަތު އެބައޮތެވެ.
މީގެ ކުރިން، މެޗު ފިކްސިންގެ މައްސަލައެއްގައި، އައިޕީއެލް އިން ވަނީ ޗެންނާއި ސުޕަ ކިންގްސް އާއި ރާޖަސްތާން ރޯޔަލްސް ދެ ސީޒަނަށް (ދެ އަހަރަށް) ސަސްޕެންޑްކޮށްފަ އެވެ.
އާރްސީބީގެ މެނޭޖްމަންޓުން ވަނީ، މަރުވި މީހުންގެ ކޮންމެ އާއިލާ އަކަށް، 10 ލައްކަ ރުޕީސް، (ގާތްގަނޑަކަށް 11 ހާސް ޑޮލަރު) ދޭން ނިންމައިފަ އެވެ. އަދި، އަނިޔާވި މީހުންގެ ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް، ބެންގަލޫރު މެނޭޖްމަންޓުން "އެއިޑް" ނަމުގައި ހާއްސަ ޑިވިޝަނެއް ވަނީ ގާއިމްކޮށްފަ އެވެ.
ތަހުގީގާ އެކު ބެންގަލޫރު އައިޕީއެލް އިން ސަސްޕެންޑް ކުރުމުގެ ވާހަކަތަކެއް ތަހުގީގާ އެކު ބެންގަލޫރު އައިޕީއެލް އިން ސަސްޕެންޑް ކުރުމުގެ ވާހަކަތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ