ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނުލިބިގެން ނުއުޅުއްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފޭސް 2 ގައި ބޭއްވި ހަފްލާއެއްގައި ޔާމީން ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަނީ މާއްދީ ފައިދާތަކެއް ލިބޭނެ ކަމަށް ބަލައިގެން ނޫން ކަމަށާއި އެކަން ކުރަނީ މިހާރު ހިނގަމުންދާ ބޭއިންސާފުތަކާއި ދެކޮޅަށް ކަމަށެވެ.
"އަދި މިކަންކަން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ވެގެންދިޔައިމަ، ކޮންމެހެން އަޅުގަނޑަށް މާއްދީ ފައިދާތަކެއް ވަނީއެއް ނޫން. އަދި ތެދުތެދަށް ދަންނަވަންޏާ އަޅުގަނޑު މިއުޅެނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ނުލިބިގެނެއް ވެސް ނޫން. އެއެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑަށް ކަމަކު ނުދޭ މިހާރު މިހިނގާ ބޭއިންސާފުތަކެއް. އަޅުގަނޑަށް ކަމަކު ނުދޭ އަޅުގަނޑުމެންގެ ރާއްޖެ މިހާބޮޑަށް ހަލާކުވެގެން ދާތަން ބަލަހައްޓައިގެން ހުންނާކަށް ބޭނުމެއް ނުވޭ."
މީގެއިތުރުން ޔާމީން ވިދާޅުވީ މިވަގުތު އޭނާއަކީ ރާއްޖޭގައި ގެއްލިގެންދާ ހައްގުތަކުގައި އެންމެ ބޮޑަށް ވަކާލާތުކުރަން އިދިކޮޅުގައި ހުންނެވި ހަމައެކަނި ބޭފުޅާ ކަމަށެވެ.
"އަޅުގަނޑަކީ އާ މޫނެއް ނޫން. އާ މީހެއް ނޫން. އަޅުގަނޑަކީ ދިވެހިރާއްޖެ އާއި ދިވެހިރާއްޖޭގެ ހައްގުތަކާއި ދިވެހިރާއްޖެއިން ގެއްލިގެންދާ ކަންތައްތަކުގައި ވަކާލާތުކޮށް އަޑުއުފުލާ މިވަގުތު އިދިކޮޅުގައި ހުރި އެންމެ ވަރުގަދައަށް މަސައްކަތްކުރާ އެކަކު،" ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގައި 2013 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޔާމީން 2018 ގައި ބޭއްވި އިންތިހާބުން ނާކާމިޔާބީއާ ވަނީ ކުރިމަތިލައިފަ އެވެ. އެއަފަށްހު 2023 ގައި އޮތް ރިޔާސީ އިންތިހާބުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔުމާ ގުޅިގެން އެ އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެވެ އެވެ.
2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެކަން މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ. ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތައް ސާބިތުވެއްޖެނަމަ، އިންތިހާބުގައި ވާދަކުރުމުގެ ދޮރު އަނެއްކާ ވެސް ބަންދުވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ނުލިބިގެން ނުއުޅުއްވާކަމަށް ޔާމީން ވިދާޅުވެއްޖެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ނުލިބިގެން ނުއުޅުއްވާކަމަށް ޔާމީން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ