ޤިޔާމަތް ދުވަހު ގިނަ ބައަކު އެންމެ ބޮޑަށް ހިތާމަކުރާނެ ކަންތައް-

އެއްވެސް ޝައްކެއް ނެތެވެ. ޤިޔާމަތް ދުވަހު މުސްލިމުންގެ ތެރެއިން އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ހިތާމަކުރާނީ އެމީހުންނަށް ކުރެވުނު ހެޔޮކަންތައް މަދުވުމުންނެވެ. ކާފިރުން ހިތާމަކުރާނީ ޝަރީކުކުރެވުނީތީއެވެ. ﷲ ތަޢާލާގެ ދަޢުވަތު ޤަބޫލުކޮށް މުސްލިމަކަށް ނުވެވުނީތީއެވެ.
މިދައްކަނީ ކާފިރުންގެ ވާހަކައެއް ނޫނެވެ. މުސްލިމުންގެ ވާހަކައެވެ. ތިމާއަށް ގިނައިން ހެޔޮ ޢަމަލު ނުކުރެވުނީތީ ހިތާމަކުރަންޖެހޭނެއިރު އެކަމުން އެނގެނީ އޭނާގެ ވަޤުތުތަކުގެ ބޭނުން އޭނާ ހިފިގޮތާއިމެދު ހިތާމަކުރާނެ ކަމެވެ. ވަޤުތުތަކުގެ ބޭނުން ހެޔޮގޮތުގައި ނުހިފުނު ކަމާއިމެދުގައެވެ.
މިއަދުގެ ޙާލަތައް ބަލައިފިނަމަ ގިނަ ބައަކު އެމީހުންގެ އަގުހުރި ވަޤުތުތައް ހޭދަކުރަމުން އެގެންދަނީ ގޭމްކުޅުމުގައެވެ. ގޭމް ކުޅުމަކީ ވަގުތު ބޭކާރުވާ ކަމެކެވެ. އަދި އެއީ ދުނިޔޭގައިވެސް އާޚިރަތުގައިވެސް އެއްވެސް ފައިދާއެއް ކުރާ ކަމެއް ނޫނެވެ. ގޭމް ކުޅުމަށް ދުނިޔޭގެ މި ކުރު ޙަޔާތުގެ އަގުހުރި ވަޤުތުތައް ބޭކާރު ކޮށްލުމުގެ ބަދަލުގައި ކޮންމެވެސް ފައިދާހުރި ކަމެއްގައި އެ ވަޤުތުތައް ހޭދަކުރުމަށް ނަޞީޙަތްތެރިވަމެވެ. އިން ޝާ ﷲ ގޭމްކުޅުމާއިމެދު ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވެއެވެ.: "ޖަންނަތަށް ގޮއްސަ ގޭމުކުޅޭނީ. މާދަމާ ޤިޔާމަތްދުވަހުން އަހަރެމެން އެންމެ ބޮޑަށް ހިތާމަކުރާނީ ދުނިޔެމަތީގައި ބޭކާރު ގޮތުގައި ހޭދަކުރެވުނު ވަޤުތުތަކާމެދު. ފުރިހަމަ ޞިއްޙަތާއި، ޒުވާންކަމާއި، ވަޤުތަކީ އަބަދު ދެމިހުންނަނިވި ނިޢުމަތްތަކެއް ނޫން. ވަޤުތު ފާއިތުވުމުގެ ކުރިން ފުރުޞަތުގެ ބޭނުން ހިއްޕަވާ."
--ޝައިޚް މުޙައްމަދު ޝާފިޢު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ