ބީރައްޓެހި 121

"ތައުބާ ވުމުގެ ފުރުސަތު ލިބުމަކީވެސް ނިއުމަކެތެވެ. ތައުބާވުމުން މަރުވެފައިވާ ހިތްތަކަށް ދިރުން ލިބެއެވެ." *** މިރެއަކީ މާޒިމް އާއި އޭނާ ގެ ހަޔާތުގައި އާ ފެށުމެއް ކަމުގައި ވުމަށް އުންމީދުކުރެވުނެވެ. ފުން ނޭވާއެއް ލަމުން، އުރްޖުވާން ދޮރާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ކޮނޑުގައި ޝޯލް އޮޅާލިއިރު، ހިތްގައިމު ރޭގަނޑުގެ ވައި އޭނާއާ ބައްދަލުކުރިއެވެ. މާޒިމް ދެކޭނެކަމުގެ ޚިޔާލުން އޭނާގެ ހިތުގައި ފޮނި ރިހުމެއް އުފެދުނެވެ. މިރޭގެ މި ވަގުތަކީ ހަމައެކަނި އެ ދެމީހުންނަށް ޚާއްޞަ ވަގުތެކެވެ. އެއްވެސް ބުރައެއް ނެތި، މާޒީގެ ހިޔަނިތަކެއް ނެތި ހަމައެކަނި އެ ދެމީހުން، ކުޑަ ވަގުތުކޮޅަކަށް ލިބޭ ހަމަޖެހުމެކެވެ. ލިމޯ ކާރަށް އެރި އިރު އެއްވެސް މީހަކު ފެންނާން އެ ކާރުގައި ފެންނާން ނެތުމުން ހާސްވިއެވެ. ބޮޑު ކާރެއްގައި އެކަނި އިންނަން ޖެހުމުން ހާސްވެ ކަންބޮޑުވިއެވެ. މުޅި ކާރުތެރޭގައި ވީ ލުއި ވެނީލާގެ މަޑު ސެންޓުވަހެކެވެ. ކާރު އެތެރެ ތަނަވަސްވެފައި ގޮނޑިތައް ވެސް އެހާމެ ބޮޑެވެ. އެވަގުތު ފޯނެއް އައެވެ. އެއީ މާޒިމް އެވެ. ހިތަށް ލިބުނީ ފިނިކަމެކެވެ. ތަސައްލީއެކެވެ. " ކޮބާ މާޒް؟ކާރުގަ އެކަނި..." އޭނަ ޝަކުވާގެ ރާގުގައި ބުނެލިއެވެ. މާޒިްމ ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތު ކާރުގެ ތެރެއިން ސްލައިޑިން ދޮރެއް ހުޅުވުނެވެ. އޭނަ އަށް ލިބުނީ ސިހުމެކެވެ. ކުރިމަތީގައި ހުރީ މާޒިމް އެވެ. ސޫޓެއްގައެވެ. މާޒިމް އަކީ ސޫޓުލާން ފޯރި ނުހުންނަ މީހެއްކަމާއެކު ސޫޓެއްގައި ފެނުމުން އިތުރަށް ހައިރާންވިއެވެ. " ހައި...އައިމް މާޒް..."އޭނަ ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. އޭނަ ހީވީ މުޅިން އާ މީހެއް ހެންނެވެ. އޭނަ ރަކިވެފައި ސަލާން ބަލައިގަތެވެ. " މިރޭ....ވީ އާ ސްޓާޓިން އިޓް އޯލް އޯވާ އެގެއިން....އެހެންވީމަ މިރޭ އައި ޑޯންޓް ނޯ އެނީތިންގް އެބައުޓް ޔޫ އެނޑް ޔޫ ޑޯންޓް ނޯ އެނީތިންގް އެބައުޓް މީ....ވީ ވިލް ބީ ލާނިން އީޗްއަދާ އޯލް އޯވާ އެގެއިން..." މާޒިމް ވާހަކަ ދެއްކިއިރު އޭނަގެ ސަމާލުކަން ހުރީ މާޒިމް ގެ މޫނަށެވެ. އެ ރީތި ހިނިތުންވުމާއި އެ އަޑަށް ގެއްލިފައިއެވެ. މާޒިމް ދެއްކި ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ނުދެވުނެވެ. އޭނަ އަށް މިއިހުސާސަތައް ނުކުރެވޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ހަގިގަތުގައިވެސް އާ ފެށުމެކެވެ. މާޒިމް ޖީބުން ނެގީ ރަތްކުލައިގެ ކުޑަ ފޮށްޓެކެވެ. ހުޅުވައިލުމުން ފެނުނީ އަތުގައި އަޅާ ކެވެލި ކޮޅަކާއި އަނގޮޓިއެކެވެ. މިރެލް އަތުގައިވެސް ހަމަ އޭގެ ފަށެއް އޮވެއެވެ. އެ ދުވަހު މިރެލް އަތާއި ފައިގައި އެޅިއިރު އޭނަ އަށް ބުނެވުނު ބަސް މާޒިމް ހަނދާންހުރީތީ އޭނަ ހައިރާންވިއެވެ. "މިއީ ހަމަ މިރެލް އަތުގަ އަޅާފަ އޮންނަ ކެވެލީގެ ޑިޒައިން ދޯ....ޔޫ ރިމެމްބާޑް..." އުރުޖުވާން ލޯ ވިދައިލިއެވެ. " މިރެލް؟ހޫ އިޒް ދެޓް؟" މާޒިމް ނޭގޭ ކަމަށް ހަދާލިއެވެ. "މިރޭ ނޯ މިރެލް ޓޯކް....އަންލެސް ސަމްވަން ފްރޮމް ހޯމް ކޯލްސް އާޖެންޓް ވެގެން....ފޯ އޯލް ދިސް ޓައިމް އިޓް ހޭޒް ބީން އެބައުޓް ހާ....ނައު އިޓްސް އެބައުޓް ޔޫ އުރޫޖް....އައި ވޯންޓް ޔޫ ޓު ފީލް އައި ސީ ޔޫ...އައި ޑޫ ލަވް ޔޫ..." މާޒިމް އޭނަގެ އަތުގައި ހިފިއެވެ. އަދި އެ ފޮށީތެރެއިން ކެވެލި ކޮޅު ނަގާ އެ އަތުކުރީގައި އަޅުވާދިނެވެ. ރިހި ކުލައިގެ ކުޑަ ޑައިމަންޑް ކެވެލި ކޮޅެކެވެ. އޭނަގެ އަތާއި އެހާ ގުޅެއެވެ. " އައި ހޭވް ނޯ ގިފްޓް...." އޭނަ އަށް ބުނެވުނެވެ. ރަކިވެފައެވެ. މާޒިމް އަށް ވެސް ހެވުނެވެ. އޭނަ އަށް ހުރެވުނީ ހުރިހާ ކަމެއްވެސް އާ ވެފައެވެ. "ކީއްވެ ތި ހެނީ ދެން މާޒް..." އޭނަގެ އަތް ފިނިވިއެވެ. އެވަގުތު ކާރު މަޑުކުރިއެވެ. ބޭރު ބަލައިލި އިރު ފެނުނީ ވަރަށް ބޮޑު ރެސްޓޯރެންޓްއަކަށެވެ. "ސެވެން ސްޓާ ޑައިނިންގ؟ސީރިޔަސްލީ؟...އަޅެ އުރޫޖް އަށް ނޭނގޭނެ މިކަހަލަ ތަނެއްގަ ކާންވެސް..." އޭނަގެ ހިތް ބިރުގަތެވެ. " ޔޫ އާ އިން ސޭފް ހޭންޑް ޑާލިން.... ޖަސްޓް ހޭވް ނޯ ސްޓްރެސް..." މާޒިމް އުރުޖުވާން ގެ ކޯތާފަތުގައި ލޯބިން ބޮސް ދިނެވެ. އެހާވެސް ހީނުކުރެވި ހުއްޓާ ކޮށްލި އިޝާރާތުން އޭނަގެ ބަސްހުއްޓުނެވެ. މާޒިމް އަށް އައީ ހާދަ ބޮޑު ބަދަލެކެވެ. ނަމަވެސް މިރޭ އޭނާއަށް މިލިބޭ ސަމާލުކަމަށް އެއްވެސް ޝަކުވާއެއްނެތެވެ. މިރެލް އާއި މެދުވެސް ކުރެވޭ ފިކުރު ކުޑަވިއެވެ. މިރޭ ނިމެން ހިތް ބޭނުމެއް ނޫނެވެ. ލިމޯ ކާރުގެ ދޮރު ހުޅުވައިދިނީ ޑަރައިވަރެވެ. ރެސްޓޯރެންޓުގެ ޝާހީ ކަން ބޭރުންވެސް ފާޅުވެއެވެ. ރަންކުލައިގެ ފަރުމާކުރުންތަކާއި އަލިގަދަ ބޮކި ތަކުން ޒީނަތްތެރިވެގެންވިއެވެ. މައި ދޮރުމަރީގައި އެތާ ޚާދިމުން ޔުނިފޯމް އަޅައިގެން ތިއްބެވެ. އެ ރެސްޓޯރެންޓް އަށް ވަދެވެެނީވެސް ވަކި ބަޔަކަށެވެ. މާޒިމް ކޯޓުގެ ޖީބުން ނަގާ ދިއްކޮށްލީ ކާޑެކެވެ. އެއީ ބުކިން ކާޑެވެ. އުރުޖުވާން ހުރީ މާޒިމް ގެ ކަނާއަތުގައި އަތް އަޅުވާލައިގެންނެވެ. "މީ އެންޑް މައި މިސިސް...." މާޒިމް ގެ އަޑުގައިވީ ފަޚުރުވެރިކަމެވެ. އުރުޖުވާންގެ ތުންފަތުގައިވީ ހިނިތުންވުމަކަށް ނިމުމެއް ނެތެވެ. ރެސްޓޯރެންޓް ސްޓާފްއިން އެތާ އެތެރެއަށް ވަނުމަށް މަރުހަބާ ކިއެވެ. އެންމެންގެ ލޯތައްވީ އެ ދެމަފިރިންނަށް ހުއްޓިފައެވެ. އުރުޖުވާން އަށް އުނދަގޫ އިހުސާސެއް ކުރެވުނެވެ. ލަދުގަނެފައެވެ. " ދެއި އާ ޖަސްޓް އެޑްމަޔަރާސް....ޔޫ ލުކް ދެޓް ބިއުޓިފުލް....ކާކު ބަލާހިތް ނުވާނީ..." މާޒިމް އޭނަގެ ކަންފަތް ކައިރީގައި މަޑުމަޑުން ބުނެލިއެވެ. އޭނަ ހުރީ އެވަރަށް ސަމާލުކަން ލިބުމުން އުނދަގޫވެފައެވެ. އަދި އެހާ ތައްޔާރުވެލައިގެން ހުރުމުން މީހުންގެ ލޯތައް އެފަދަ ގޮތަކަށް އޭނާއަށް ހުއްޓުމުން ނުބައި އިހުސާސްތަކެއް ވީއެވެ. " ބުނަންވީ ދޯ ނުބަލާށޭ...." މާޒިމް ލޯ އަޅާލީ އެތަނުން ތަންކޮޅެއް ދުވަސްފުރާ ފިރިހެނަކަށް ބަލަމުންނެވެ. އުރުޖުވާން އެވަގުތު އޭނާގެ އަތަށް ފިތާލިއެވެ. "މާޒް...ދެން..." އުރުޖުވާން ބުމަ އަރުވާލިއެވެ. އެދެމަފިރިންނަށް މަގުދައްކަމުން ދިޔަ ސްޓާފް ފަހަތުން ހިނގަމުން ދިޔައެވެ. މީހުންގެ ލޯތަކުން އެކަހެރިވިއެވެ.އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާގެ ޒީނަތްތެރިކަން ފާޅުކުރަން ބޭނުންވަނީ ހަމަ އެކަނި މާޒިމް އަށެވެ. އެހްނެ އެއްވެސް ލޮލެއްގެ ސަމާލުކަމާއި ތަޢުރީފެއް ބޭނުމެއް ނުވެއެވެ. ޓެރެސް ގެ ދޮރު ހުޅުވުމުން އާޝޯހުވާވަރުވިއެވެ. އުޑުގެ ނަލަކަން އެތަނުގެ މައްޗަށް ވެރިވެފައިވާއިރު، ރަން ކުލައިގެ ތަނބުތަކުގައި ދިއްލާފައިވާ ލޯބީގެ ބައްތިތަކުން ފޮނި އަލިކަމެއް ފެތުރެމުންދިޔައެވެ. ޚަރީފު މޫސުމުގެ ވައި ޖެހުމާއެކު، ފަތްތަކުގެ ސަރާސަރު އަޑު އިވެމުންދިޔައެވެ. ޓެރަހުގެ ކައިރިތަކުގައި ދަމާފައިވާ ހުދު ކުލައިގެ ފޮތިގަނޑުތައް މަޑުމަޑުން އެކަތި އަނެކައްޗާއި މައްލަވކުރަމުން ދިޔައެވެ. މިހުރިހާ ކަމަކުން އެތަނަށް ލިބިދީފައިވަނީ އަމިއްލަވަންތަ، ހިތްގައިމު އިހުސާސްތަކެކެވެ. ދިގު މޭޒުވަނީ ވަނީ ފެއަރީ ލައިޓްތަކުގެ ދަށުގައި ތައްޔާރުކޮށްފައެވެ. އެ ލައިޓްތަކުން އުފެދޭ އަލިކަން ހީވަނީ ހަމައެކަނި އެ ދެމީހުންނަށްޓަކައި އުފެދިފައިވާ ތަރިތަކެއް ފަދައެވެ. ލަކުޑި ތަޅުންގަނޑުގައިވީ ފިނިފެންމަލުގެ ދޫލައެއް ފެތުރިފައެވެ. ސާފު ރޭގަނޑުގެ ވަޔާއެކު އެ ފިނިފެންމުލުގެ މީރުވަސް ޖައްވުގައި ހިފެހެއްޓިފައިވިއެވެ. މާޒިމް ބަލަހައްޓައިގެން ހުރީ އުރުޖުވާންގެ ލޮލަށެވެ. އޭނާގެ ލޮލުގައި ކަރުނަ ޖަމާވަމުންދިޔައެވެ. އޭނައަށް އެ ކަރުނަ ފޮހެލުމުގެ ފުރުޞަތު ލިބުމުގެ ކުރިން، މާޒިމް އަތް ދިއްކޮށްލިއެވެ. އިނގިލިތަކުން ވަރަށް މަޑުމައިތިރިކަމާއެކު އެ ކަރުނަ ފޮހެލިއެވެ. މާޒިމްގެ އަތުގެ ހޫނުކަން އުރުޖުވާންއަށް އިހުސާސްވިއެވެ. އެ ވަގުތުކޮޅު ދިގުކޮއްލަން ބޭނުންވާ ކަހަލައެވެ. މާޒިމްގެ ތުންފަތުގައި މަޑު ހިނިތުންވުމެއް އުފެދުނެވެ. އޭނާގެ ލޯބިވެތި ނަޒަރު އުރުޖުވާންގެ މޫނާއި އެއްފަހަރުވެސް ވަތްކެއް ނުވެއެވެ. މާޒިމްގެ އަތްތިލަ ވަރަށް މަޑުމައިތިރިކަމާއެކު އުރުޖުވާންގެ މޫނުގެ އެއްފަރާތުގައި ޖައްސަައިލިއެވެ. އިނގިލިތަކުން އުރުޖުވާންގެ ކޯތާފަތުގައި ވަރަށް ނާޒުކުކަމާއެކު ބީހިލިއެވެ. އެއަށްފަހު މާޒިމް ކުރިއަށް ފިޔަވަޅު ނެގިއެވެ. އުރުޖުވާންގެ ނިތްކުރީގައި ވަރަށް މަޑުމައިތިރިކަމާއެކު ބޮސްދިނެވެ. އުރުޖުވާން ލޯމަރާލިއެވެ. އެ ވަގުތުގެ ފުންކަން އޭނާގެ ހިތުގެ އެންމެ އަޑިއަށް ވަދެގެންދިޔައެވެ. އެތައް ދުވަހެއްގެ ފަހުން، ފުރަތަމަ ފަހަރަށް އުރުޖުވާންއަށް އިހުސާސްވީ ފުރިހަމަ ރައްކާތެރިކަމެވެ. ހިތުގެ އެންމެ އަޑިން އޮހިގެންދާ ސާފު ލޯތްބެވެ. " ސޮރީ ފޯ އޯލް ދަ ޓައިމް ވީ ލޮސްޓް....އުރޫޖް ގެއްލެން ދުވަހަކުވެސް ނޭދެން...ވިލް ޔޫ ފޯގިވް މީ؟" "ކީއްވެ އަބަދު މާފަށް އެދެނީ މާޒް...އައި ހޭވް ނޯ ރިސެންޓްމެންޓްސް ފޯ ޔޫ...." އުރުޖުވާން ބުނެލި އިރު އޭނާގެ ލޯލުގެ އެސްދިޔަތައް ފިޔަޖަހާލިއެވެ. "އައި ހޭވް ވަން މޯ ގިފްޓް...ބޭނުން؟" މާޒިމް އޭނަގެ ކަންފަތް ކަައިރީ ވައި އަޑަކުން ބުނެލިއެވެ.އޭނަ ބޯ ޖަހައިލިއިރު ކަންފަތަށް ހީލި އެރިއެވެ. މޭޒުމަތީ އަތުރާފައި ހުރި ތަށިތަކުން މެދުގައި ހުރި ބޮޑު ތަށީގެ މަތި ނެގިއެވެ.އޭގައި އޮތީ ކަރުދާސް ގަނޑެކެވެ. އުރުޖުވާން އަށް ދިއްކޮށްލިއެވެ. އޭނަ ވަރަށް ފަރުވާތެރިކަމާއެކު ސިޓީ އުރަ ހުޅުވާލިއެވެ. ލޯ ބޮޑުވެފައިއެވެ. އުރުޖުވާންގެ އަތްތިލަ ތުރުތުރުއަޅަމުންދިޔައެވެ. ޓިކެޓްތައް ހިފަހައްޓައިގެން ހުރިއިރު، އޭނާގެ ލޯ ބޮޑުވެގެން ދިޔައީ ހައިރާންކަމުންނެވެ.އެއީ އޭނާ އެހާ ގިނަ ދުވަހު ދެކެފައިވާ ހުވަފެނުގެ ތަނެވެ. އެތައް ރެޔަކު ހިތުގެ ލޯމަތީގައި ކުރަހާލައިގެން އުޅުނު ފަޅުރަށެވެ. އޭނާ މާޒިމްއަށް މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެތަނުގެ ފެހިކަން ފެތުރިފައިވާ ދަނޑުބިންތަކާއި، ރަން ކުލައިގެ ދަނޑުތަކުގެ މެދުގައި ހިމެނޭ ކުޑަކުޑަ ކޮޓެޖް، އަދި ވިނަ މަލުން ފުރިފައިވާ ގުދުރަތީ މަގުތަކުގެ ފޮޓޯތައް ބަލަމުންދާއިރު އިހުސާސްވާ ދެކެހިތްވުމުގެ އިހުސާސް އޭނާ ދުލަކުން ނުބުނެއެވެ. އުރުޖުވާން އެތައް ފަހަރަކު އެތަނުގެ މަންޒަރުތައް ހިތުގެ ލޯމަތީގައި ކުރަހާލައިފިއެވެ. އެތަނުގެ ފިނިކަމާއި، ރީތިކަމާއި، ހަމަހިމޭންކަން އިހުސާސްކުރަން މަސައްކަތްކޮށްފިއެވެ. އެކަމަކު އެއީ ހަމައެކަނި އޭނާގެ ހިތުގައި ވަންހަނާވެފައިވާ އުއްމީދެއް ކަމުގައި ދެކެމުން އައީއެވެ. މިހާރު، ކުއްލިއަކަށް، އެ ހުވަފެން ޙަޤީޤަތަކަށް ވެއްޖެއެވެ. އޭނާގެ އަތުގައި އޮތީ އެތަނަށް ދިއުމުގެ ފުރުޞަތެވެ. އުރުޖުވާންގެ ހިތުގައި އުފެދުނީ އުފަލާއި ހައިރާންކަމުގެ އިހުސާސްތަކެކެވެ. މާޒިމްއަށް މިހާ ފުންކޮށް އުންކޮށް އޭނާގެ ހިތުގެ އެދުން އެނގިފައިވާކަމީ އޭނާއަށް ލިބުނު އުފަލެކެވެ. "ހައު ޑިޑް ޔޫ ނޯ؟..." އުރުޖުވާން އަށް އަހާލެވުނެވެ. " އައި ސީ ޔޫ، ސްކްރޮލިންގ ތްރޫ ދޯސް ޕިކްޗާސް...ބައެއް ފަހަރު ހިތަށް އަރާ އުރޫޖް ބުނާނެ ނަމަ އޭ ދާހިތްވެޔޭ މާޒް އާއި އެކީ...ބަޓް ޔޫ ނެވާ ސެޑް...މޭއިބީ އަވާ ސިްޗުއޭޝަންގެ ގޮތުން..." މާޒިމް ދެރަވިއެވެ. "މިރެލްއާ މެދު ދެން ހަދާނީ ކިހިނެއް؟" އުރުޖުވާން މަޑުމައިތިރިކަމާއެކު އެހިއެވެ. "ޝީ ވިލް ބީ ލުކްޑް އާފްޓާ....ދިސް އިޒް ފޯ އަސް...ވީ ޑިޒާވް ދިސް..." މާޒިމް ބުނެލީ ވަރަށް ޔަގީންކަމާއެކުއެވެ.އޭނައަށް އެ ބަސްތައް ގަބުލުކުރަންވެސް އުނދަގޫވިއެވެ. *** " މީކާ ނާދޭތަ؟" މަދީނާ ސުވާލު ކުރީ މެހެކް ކައިރިންނެވެ. އޭރު މިރެލް އޮތީ ގަދަ ނިދީގައެވެ. މީކާއިލް ލަންޑަނަށް އައި ވާހަކަ އެންމެން ގެ ފަރާތުން އެނގެއެވެ ނަމަވެސް މިކާއިލް ގެ ކޯލެއް ނައިތާ މަދީނާ ގުޅުމުން ފޯނު ވެސް ނުނަގައެވެ. " ދަތުރު ވަރުބަލިވީމަ ކަންނޭނގެ ނައީ މިގެޔަށް...ވަރަށް ލޯންގް ޖާނީ އެއްނު..." މެހެކް އަށް މަދީނާގެ ކަންބޮޑުވުން އިހުސާސްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ