ސުޕްރީމް ކޯޓުގެ ހުކުމަކީ ކާމިޔާބީ އެއް – އެމްޑީޕީ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދިވެހި ދައުލަތަށް ނިސްބަތްވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ކާމިޔާބީއެއް ކަމަށް އެޕާޓީން ބުނެފި އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މަޖިލީހުގެ ނައިބު ރައީސް ނެތަސް މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މަޖިލީހުގެ ރިޔާސަތުންނާއި، މަޖިލީހުގެ އިދާރާއިން މަޖިލިސް ހުއްޓުވާފައި އޮތް އޮތުމަށް ނިމުމެއް ގެނެސްދެއްވައި، މި ޕާޓީން އެދިފައިވާ ގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޖިޖީހުގެ އިދާރާގެ މައްޗަށް އަމުރުކުރުކޮށް އިއްޔެ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ޙުކުމްކޮށްފައިވާތީ، އެކަމަށްޓަކައި، މި ޕާޓީގެ އިސްލީޑަރ އަދި ރާއްޖޭގެ ރައީސްލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ މި ޙުކުމަކީ، ޤާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދީ، މިރާއްޖޭގައި މި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއް. އަދި މިއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމަށް މި ޕާޓީން ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި، މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި”މަރުތަޅު” އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި މި ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް" – އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކުރިއަށް އޮތް ތަނުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރެއްވުމައް އުއްމީދުކުރައްވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި އެއްވެސް ފަރާތަކުން، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރެސްއެޅިދާނެފަދައަކުން ކަންކަން ނުކުރެއްވުމަށްވެސް ވަނީ އެދިލައްވާފައެވެ.
އެެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނީ ދިވެހި ރައްޔިތުންގެ އެންމެހައި ހައްގިތައް ރައްކާތެރިވެ ޤާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިތިބޭނެ ކަމަށެވެ. އަދި އެމަސައްތަކަށް ހުރަސްއެޅުމަށް ކުރެވޭ ކޮންމެ ކަމެއް ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްމެ، ކުރަމުން ގެންދާނެކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ