ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފި

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފި އެވެ.
ތަފްސީލް - ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އިއުލާންކުރި ގޮތުގައި، ބަދަލު ގެނައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓެލްކޯ އާއި އެސްޓީއޯ އަދި އާސަަންދައިގެ ބޯޑަށެވެ.
ފާހަގަކޮށްލެވޭ - އަށް މެމްބަރުން ހިމެނޭ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު އުވާލައި ހަ މެމްބަރުން ހިމެނޭ އާ ބޯޑެއް ވަނީ އެކުލަވާލާފަ އެވެ. އެ ބޯޑަށް އައްޔަނުކޮށްފައިވަނީ:
އާރިފް އަބްދުއްސަމަދު، ދަފްތަރު ނަންބަރު ރސ9241
މުހައްމަދު ވިޝާމް، ވ. ވަސްމީރުފިޔަ
އުލާ މުހައްމަދު ރަޝީދު، ގ. ގަސްކަރަ
އިބްރާހިމް ޔޫސުފްފުޅު، ނ.ވެލިދޫ/އަތިރީގެ
އަޒްހަރު އަބްދުﷲ ސައީދު، ގދ. މަޑަވެލި/ސީނާޒް 
މުހައްމަދު ވަހީދު، ހއ.ފިއްލަދޫ/މަބުސްތާނުގެ
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވަނީ އެ ކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ކުރީގެ ބްރިގޭޑިއަ ޖެނަރަލް އިބްރާހިމް މުހައްމަދުދީދީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވާފައިވާތީ އެވެ. އެ މަގާމަށް އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް، ވ. މޫދުފެހި، ވަނީ އައްޔަންކޮށްފަ އެވެ. ލަތީފް 34 އަހަރު ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު ހުންނެވީ މިދިޔަ މަހުގެ ތެރޭގައި ރިޓަޔަކުރައްވައިގެންނެވެ. 
މީގެ އިތުރުން ގެނެސްފައިވާ ބަދަލުތަކަކީ:
އެސްޓީއޯގެ ޗެއާމަންކަމުން ހާމިދު ނަޝީދު ވަކިކޮށް އާމިރު މަންސޫރު، މއ. މަނަސް، އަައްޔަނުކުރުން
ހުސްވެފައިވާ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް މުހައްމަދު މުރާދު އައްޔަނުކުރުން
ހުސްވެފައިވާ އާސަންދަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ފައިސަލް އިބްރާހިމް، ގދ. ފިޔޯރީ/މަލަމަތި އައްޔަނުކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ