އިދިކޮޅުން ވެރިކަމަށް އައިސް، މި ސަރުކާރުން ދީފައިވާ ގޯތިތައް އަތުނުލާނެ ކަމަށް ބުނަމުންދިޔަ ނަމަވެސް، އެކަމަށް އިތުބާރުކުރެވެން ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ، އެމްޑީޕީގެ ސޯސަން ޖަގަހަ ކުރިމަތީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕޭނުގައި ވަރަށް ބާރުލާފައި މާލެ ރައްޔިތުންގެ ބޯހިޔާވަކަމުގެ ވާހަކަދައްކަވަމުން ގެންދަވާ ކަމަށާއި ނަމަވެސް އެކަން ގަބޫލު ކުރަން ތާރީހު ތަންނުދޭ ކަމަށެވެ.
ރައީސް ވިދާޅުވީ ގުޅިފަޅުން ފުލެޓު ފުލެޓު ދޭން ނިންމާފައިވަނިކޮށް، ކުރީ ސަރުކާރުން އެތަނުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ބަދަލު ދީފައިނުވާ ކަމަށާއި އެ ބަދަލު ދޭން ޖެހުނީ ވެސް މި ސަރުކާރުން ކަމަށެވެ. އަދި އެގޮތަށް ސީލައިފް މައްސަލަ އާއި ދަ ގާޑަން މައްސަލަ އާއި ކޭ ޕާކްގެ މައްސަލައިގެ އިތުރުން ގާކޮއްޓާއި އަރަބިއްޔާ ފުލެޓުތަކުގެ މައްސަލަ ވެސް އައިސްފައިވަނީ ކުރީގެ ސަރުކާރުގައި ކަންތައް ކުރި ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސީލައިފްއިން ފުލެޓު ގަތުމަށް އެޑުވާންސްކޮށް ފައިސާ ދެއްކި މީހުންނަށް އެތަންތަން ނުލިބި ވީނުވީއެއް ނޭނގި ތިބިކަން ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެޑުވާންސްގެ ގޮތުގައި އެމީހުން ދެއްކި ފައިސާ ސަރުކާރުގެ މާލިއްޔަތުން އޭރުގެ އެޗްޑީސީއަށް ހަވާލުކޮށް އެ ފައިސާ ދިނުމަށްފަހު ސީލައިފުން ފުލެޓު ލިބޭނެކަމުގެ ޔަގީކަން ދީފައިވާ މީހުންނަށް ފުލެޓުތައް ލިބޭނޭ ގޮތް ހަދައިދިނުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
އިދިކޮޅުން ގޯތިތައް އަތުނުލާނަމޭ ބުންޏަސް އިތުބާރެއް ނުކުރެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ