މި އަހަރު މިހާތަނަށް ސްކޫލް މާހައުލުގައި ގަނާ ކުރުމުގެ 26 މައްސަލައެއް

މި އަހަރު މިހާތަނަށް ސްކޫލް މާހައުލުގައި ގަނާ (ބުލީ) ކުރުމުގެ 26 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ކުޑަކުދިން ގަނާއިން ރައްކާތެރި ކުރުމަށް މަސައްކަަތް ކުރާ ޓާސްކް ފޯސް އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޝަފީއު ވިދާޅުވީ، މިފަދަ މަންޒަރެއް މުޖުތަމައު ތެރޭގައި ފެތުރުމާއި އެކުގައި އެންމެންގެ ކަންބޮޑުވުކަަމަށް ވެގެން ދާނީ ތައުލީމީ ނިޒާމްގެ ތެރޭގައި މިފަދަ މައްސަލަތަކަށް އެޑްރެސް ކުރާއި ގޮތާއި ގުޅޭގޮތުން ކަމަށެވެ.
"އަޅުގަނޑުމެންނަކީ 90،000 ވަރަކަށް ދަރިވަރުން 50،000 ބެލެނެވެރިން، އަދި އަޅުގަނޑުމެންގެ މުދައްރިއްސުންނާއި މުވައްޒަފުންނަށް ބަލާނަމަ 15،000 މުވައްޒަފުންގެ ނިޒާމެއްގެ މައްޗަށް އެކުލެވޭ ތައުލީމީ ނިޒާމެއް، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 27 މިލިއަނެއްހާ ޕާސަން އިންޓަރެކްޝަންސް އަޅުގަނޑުމެންގެ ނިޒާމްގެ ތެރެއިން އެބަ ހިނގާ،". އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ އެކިއެކި ސްކޫލްތަކާއި ގުޅޭ ގަނާގެ 26 މައްސަލައެއް މި އަހަރުގެ މިހާތަނަށް ފެންމަތިވެފައިވާ ކަމަށެެވެ. މިއީ ގިނަ މައްސަލަތަކެއް ކަމަށާއި، އަދި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފިނަމަ މިއީ ހައްލު ކުރެވިދާނެ މައްސަލަތަކެއް ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.
"އެޑިއުކޭޝަން މިނިސްޓްރީގެ އެކި އެކި ލެވެލްގައި ޓީޗަރުންނަށް ހިންގޭ ޕްރޮފެޝަނަލް ޑެވެލޮޕްމެންޓް ހަރަކާތްތަކުގައި އާއި ބެލެނެވެރިންނަށް ހިންގޭ އަހުލުވެރި ކުރުވުމުގެ ހަރަކާތްތައް އަދި ދަރިވަރުންނަށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައިވެސް ކުދިންގެ އޭންގާ މަނޭޖް ކުރުމާއި ބުލީ ކުރުން ފަދަ ވިޔާނުދާ އަދި ކޮށްގެން ނުވާނެ ފަދަ ކަންތައްތަކަށް ކުދިން އަހުލުވެރި ކުރުވާ އެފަދަ ކަންކަމުން ދުރުވުމަށް ވަރަށް ގިނަ ޕްރޮގްރާމްތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ހިނގަމުންދޭ،". އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިފަދަ މައްސަލަތައް ހައްލު ކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި ވަނީ ސްކޫލްތަކުގައި ކައުންސިލަރުން ނެތުން ކަމަށެވެ. މިގޮތުން 225 ވަރަކަށް ސަރުކާރު ސްކޫލް ހުރިއިރު، ކައުންސިލަރުން ތިބީ 51 ސްކޫލްގައެވެ.
"ކަމެއް ދިމާވިޔަސް އައިޑެންޓިފައި ވިޔަސް، ހަގީގަތުގައި އަޅުގަނޑުމެންނަށް ދައުލަތުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިޒާމްގެ ތެރެއިން ދޭން ޖެހޭ އެހީތެރިކަމާއި އަޅާުލުމައި އޯގާތެރިކަން ދިނުމުގައި ބައެއް ފަހަރު ގޮންޖެހުންތައް އެބަ ދިމާވޭ، އެކަށީގެންވާ ވަރަށް ކައުންސިލަރުން ނެތުން،".
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ