ފްލެޓް ގަތީ މަގާމަށް ދިއުމުގެ ކުރީން، ދިރިއުޅޭތާ ހަތަރު އަހަރު ވެއްޖެ: ޒިފްލީން

މަގާމާއި ހަވާލުވެ ރައީސް އޮފީހަށް ހުށަހެޅި އެސެޓް ޑިކްލަރޭޝަން ފޯމުގައި މި އެޕާޓްމަންޓްގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލެ އިން ފްލެޓެއް ގަތީ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައުމުގެ ކުރީން ކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާއަށް ހުޅުމާލެއިން އެޕާޓުމެންޓެއް ގަތް ހަބަރު ވަރަށް ބޮޑަށް ވައިރަލްގެ ފާޑުކިޔުން އަމާޒުވި އެވެ.އެކަމާ ގުޅިގެން ޒިފްލީން ވިދާޅުވީ ހުޅުމާލޭގައި ހުރި އެޕާޓްމަންޓް ބިލްޑިން އަކުން އެޕާޓްމަންޓެއް ގަނެފައި ވާނީ ސްޓޭޓް މިނިސްޓަރުގެ މަގާމް ލިބުމުގެ ކުރިން ކަމަށާ މަގާމާއި ހަވާލުވެ ރައީސް އޮފީހަށް ހުށަހެޅި އެސެޓް ޑިކްލަރޭޝަން ފޯމުގައި މި އެޕާޓްމަންޓްގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ."އަށެއް ޖުލައި 2024 ވަނަދުވަހު އަޅުގަނޑުގެ ނަމަށް މި އެޕާޓްމަންޓް ބަދަލުކޮށް ކޭސް ނިންމާފައި ވަނީ އިމާރާތްކުރި ފަރާތާއި އެޗްޑީސީ އިން ކުރަންޖެހޭ އިދާރީ ކަންކަން ނިންމުމަށްފަހު، އަޅުގަނޑު އެޕާޓްމަންޓްގައި ދިރިއުޅެމުން އަންނަތާ 4 އަހަރު ފަހުންނެވެ،" އެޕާޓްމަންޓް ހޯދާފައި ވަނީ އޭނާއަށް ސްޓޭޓްމިނިސްޓަރެއްގެ މަގާމު ލިބުނު ފަހުން ކަމުގައި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރާފައި ވާތީ އާއި އަދި އެއްވެސް ނޫހަކުން މައުލޫމާތު ހޯދުމަށް ގުޅާލުމެއްވެސް ނެތި ކަމުގައި ވާތީ ހިތާމަ ކުރާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބޭއަދަބީ ބަސްތައް ބޭނުންކޮށް އޭނާގެ ފޮޓޯ އެކިގޮތްގޮތަށް ހަދައިގެން އަބުރު ކަތިލުމުގެ މަސައްކަތް ކޮށްފައިވާތީ ވެސް ހިތާމަ ކުރާ ކަމަށް ވިދާޅުވި އެވެ."ސިޔާސީ މަސައްކަތުގައި އަޅުގަނޑު އުޅެން ފެށި ފަހުން އަޅުގަނޑާ ޒާތީގޮތުން ދިމާކޮށް އަޅުގަނޑުގެ އަބުރު ކަތިލަން ކުރަމުންގެންދާ މަސައްކަތަށް ހުއްޓުމެއް އައިސްފައި ނުވެއެވެ. ސިޔާސީ މައިދާނަށް ނިކުންނަ އަންހެނުންނާއި ޒާތީ ގޮތުން ދިމާކުރުމަކީ އިތުރުވަމުން އަންން ކަމެކެވެ. މިކަމުގައި ވަކި ފިކުރެއް ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އަންހެނަކު އިސްތިސްނާއެއް ނުކުރެއެވެ،" ފޭސްބުކު ގައި ކުރި ޕޯސްޓެއް ގައި ޒިފްލީން ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ