ދިވެހި ފިރިހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ވީކިހިނެއް؟ - މި މައްސާލަގައި ޖިންސީ އަނިޔާ ލިބުނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި، ހައްޔަރުކުރި މީހާއަކީ ފާތިމަތު ރީމާ، 35، އެވެ. ހައްޔަރުކުރި މީހާގެ އިތުރު ތަފްސީލެއް ނުދެ އެވެ.
އޭނާ ހައްޔަރުކުރީ މިދިޔަ 29 ޑިސެމްބަރުގަ އެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދިން މުއްދަތު ހަމަވާނީ މި މަހު 28ގަ އެވެ.
ޖިންސީ ގޯނާކުރުމުގެ އިތުރުން ގްރޫމްކޮށް އެކްސްޕްލޮއިޓްކުރި ކަމުގެ ތުހުމަތު ވެސް އެ މީހާއަށް ކުރާ ކަމަށް ފުލުހުން ބުންޏެވެ.
ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ