ހުޅުމާލޭގައި ގައިމައްޗަށް ޕިކަޕެއް ވެއްޓި ދިވެއްސަކު މަރުވެއްޖެ

ހުޅުމާލޭގައި އިއްޔެ ގައިމައްޗަށް ޕިކަޕެއް ވެއްޓި، ދިވެއްސަކު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހުުޅުމާލޭ ސަހަރާ ކައިރީ އޮތް ޕިކަޕެއް ވެއްޓި ހިނގި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 11 ހާއިރު އެވެ.
ފުލުހުންގެ ބަސް - ފުލުހުންގެ މީީޑިއާ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އަދި ސަހަރާ ކައިރީގައި އޮތް އެ ޕިކަޕް އޭނާ ގައިމައްޗަށް ވެއްޓުނީ، އޭގެ މަސައްކަތެއް ކުރުމަށް ޕިކަޕް ދަށުގައި އޮއްވާ ކަމަށް ރިޕޯޓު ލިބުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެ މީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. ފުލުހުން އިތުރަށް ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ގުޅުން ހުރި - ކަށުނަމާދު ޕޭޖުން އެނގޭ ގޮތުގައި:
މި ހާދިސާގައި މަރުވެފައި ވަނީ މުހައްމަދު މަނިކު، މެޑޯޒް/ސ. ހިތަދޫ
ރޭ އިޝާނަމާދަށް ފަހު ކަށުނަމާދު ވަނީ ކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ