ސިޓީތަކާއި ޢިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާގެ ޕީއެސް އަކަށް އަބްދުالله ރަޝިދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް
އުފެއްދެވި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލް އަބްދުالله ރަޝީދު އައްޔަންކޮށްފި އެވެ.
ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޕީއެސްގެ މަޤަމަށް
މި ހަމަޖެއްސެވި އަލްފާޟިލް އަބްދުالله ރަޝީދަކީ ތަޢުލީމީ ދާޢިރާގެ ޒިންމާދާރު އެތައް
ވަޒީފާތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އެގޮތުން އަލްފާޟިލް އަބްދުالله ރަޝީދު އެންމެފަހުން ހުންނެވީ
ހުރަވީ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައެވެ. އޭގެކުރިން އަބްދުالله ރަޝީދު ވަނީ ވިލިމާލޭގައި
ހުންނަ މުހްޔިއްދީން ސްކޫލާއި އަތޮޅު ތެރޭގެ ބައެއް ސްކޫލުތަކުގެ
ޕްރިންސިޕަލްކަންވެސް އަދާކުރައްވާފައެވެ.
Advertisement
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް
އުފެއްދެވި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ކުރިމަތިލުމަށް
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުޅުވާލައިފައިވަނީ މިދިޔަމަހުގެ 18 ވަނަ
ދުވަހުއެވެ.
ޕާމަނަންޓް ސެކްރެޓަރީއެއްގެ އަސާސީ މުސާރައަކީ މަހަކު
20،500ރ. އެވެ. އޭގެ އިތުރުން ލިބޭ 15،000ރ. ގެ ލިވިން އެލަވަންސްއާއެކު އެ މަގާމު
އަދާކުރައްވާ ފަރާތްތަކަށް މަހަކު މަދުވެގެން 35،500ރ. ލިބޭނެ އެވެ.
މި ސަރުކާރުން އަލަށް އުފެއްދެވި މނިސްޓްރީތައް
ކަމަށްވާ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އާއި،  މިނިސްޓްރީ އޮފް ސިޓީސް،
ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން
އެންޑް އިންފްރާސްޓްރަކްޗާ އަދި  މިނިސްޓްރީ
އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަށް އާ ޕާމަނަންޓް ސެކްރެޓަރީން
 އައްޔަންކުރެވެންދެން، ސިވިލް ސާވިސް ކޮމިޝަނުން
ވަނީ އެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އެމިނިސްޓްރީތަކުގެ ބައެއް
މުއައްޒަފުންނާއި ހަވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ