ރޯދަހިފުމުގެ ކުޑަ މޫސުން ފެށިގެން ކުރިއަށްދަނީ! އެންމެ ރޯދައެއްވެސް ހިފައިފިންތަ؟

ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ރޯދަ ހިފުމަށް 2 މޫސުމެއް ވެއެވެ. އެއީ ކުޑަ މޫސުމާއި ބޮޑު މޫސުމެވެ. ކުޑަ މޫސުމަކީ ޝަޢްބާންމަހެވެ. ބޮޑު މޫސުމަކީ ރަމަޟާން މަހެވެ. 
މިއަދަކީ މިއަހަރުގެ ޝަޢްބާންމަހުން 8ވަނަ ދުވަހެވެ. ޝައޢްބާން މަހަކީ އެމަހެއްގައި ރަސޫލް ﷺ އެންމެ ގިނައިން ސުންނަތް ރޯދަ ހިއްޕެވި މައްސަރެވެ. ބައެއް ރިވާޔަތްތަކުގައިވަނީ އެމަހުގެ 2،3 ދުވަހެއް ފިޔަވައި ހުރިހާ ދުވަސްތަކެއްގައި ރަސޫލް ﷺ ރޯދަ ހިއްޕެވި ކަމަށެވެ. 
އެހެން މަސްތަކުގައި ނުހިއްޕަވާހައި ގިނައިން ޝައުޢްބާން މަހު ރޯދަ ހިއްޕަވާ ސަބަބު ބަޔާންކުރައްވަވައި ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. 
"އެއީ މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. ރަޖަބާއި ރަމަޟާން އާއި ދެމެދުގައިވާ މަހެކެވެ. އެމަހަކީ ﷲ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލުތައް ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ".
) اهـ حسنه الألباني في صحيح النسائي (2221).
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ