ބައްދަލު ކުރައްވަން ޔާމީން އުޒުރުވެރިވެވަޑައިގެން ސަބަބު ގަބޫލުކުރަން: ނަޝީދު

"އެހެންނަމަވެސް ރައީސް ޔާމީން އުޒުރުވެވަޑައިގެންނެވި. ވިދާޅުވީ ޕާޓީގެ މެމްބަރުން އެއްބަސްވެލެއްވީމައޭ އެބޭފުޅާއަށް ކެރިވަޑައިގަންނަވާނީ، އެއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއް،" ނަޝީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލަ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވަން ރަސްމީކޮށް އެދިވަޑައިގެންފައިވީ ނަމަވެސް، އެމަނިކުފާނު ބައްދަލުކުރައްވަން އުޒުރުވެރިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޔާމީނާ ބައްދަލުކުރައްވަން ހޯމް މިނިސްޓްރީގައި ނަޝީދު އެދިވަޑައިގެންނެވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ މަޝްވަރާ ކުރެއްވުމަށެވެ. ނިޒާމީ ވޯޓެއް ނަގަން ޔާމީންގެ ލަފާފުޅެއްވެސް މުހިންމު ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.މަޖިލީހުގައި ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ޔާމީން އެކަމަށް އުޒުރުވެރިވާކަމަށް އަންގަވާފައިވާ ކަމަށެވެ. ބައްދަލުކުރެއްވޭނީ ޕީޕީއެމްގެ އިސް ބޭފުޅުން އެއްބަސްވެލެއްވުމުން ކަމަށް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ."އެހެންނަމަވެސް ރައީސް ޔާމީން އުޒުރުވެވަޑައިގެންނެވި. ވިދާޅުވީ ޕާޓީގެ މެމްބަރުން އެއްބަސްވެލެއްވީމައޭ އެބޭފުޅާއަށް ކެރިވަޑައިގަންނަވާނީ، އެއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއް،" ނަޝީދު ވިދާޅުވި އެވެ.ނަމަވެސް، ޔާމީނާ ވަރަށް އަވަހަށް ބައްދަލުވެ، މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޔާމީން ގޭ ބަންދަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރެއްވޭނީ އެމަނިކުފާނާއި ބައްދަލުވެގެން ކަމަށް ނަޝީދު ވަނީ މިދިޔަ ހަފްތާ ބޭއްވި މަޖިލީސް ޖަލްސާއެއްގައި ވިދާޅުވެފަ އެވެ. "އަޅުގަނޑު ވާނެ އިއްޔެގަ ރައީސް ޔާމީނާ ބައްދަލުކުރައްވަން ސިޓީއަކުން ދަންނަވާފަ. އަޅުގަނޑު މި އުންމީދުކުރަނީ ދެން އެކަން ހަމަޖެހިގެންދާނެ ކަމަށް. ދެން ބައްދަލުވީމަ އަޅުގަނޑު ދެކޭ ގޮތުގަ ގެއަށް އެނބުރި ވަޑައިގަތުމާ ގުޅޭ ގޮތުން ދެން އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތަކެއް ވެސް އިރާދަކުރެއްވިއްޔާ ކުރެވޭނެ،" މިމަހުގެ 19 ވަނަ ދުވެހު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.އަންނަ މަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު ގާނޫނުން ފުރިހަމަވާން ޖެހޭ ސުވާލުތަކެއް ހުރުމުން އެކަންކަން ފާސްކޮށްދިނުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ މަޖިލީހުގައި އެދިފަ އެވެ. މާދަމާގެ ޖަލްސާގައި އީސީން އެދުނު ކަންކަން ފާސްވެގެންދާނެ ކަމަށް ނަޝީދު މިއަދު ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ