ކުރީގެ ރައީސް އަބުދުالله ޔާމީން އަބުދުލްޤައްޔޫމުގެ ފަރާތްޕުޅުން އިންތިހާބީ ހައްޤުތައް ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
މަނީ ލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ ސާބިތުވެ، 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ މާފުށި ޖަލުގައި އެ ހުކުމް ތަންފީޒުކުރަށްވަމުންނެވެ.
ރައީސް ޔާމީންގެ ފަރާތުން މިހާރު ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، ކްރިމިނަލް ކޯޓުން އެމަނިކުފާނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ބެލުން ލަސްވާތީ އިންތިހާބީ ހައްގު ކަށަވަރުކުރުމަށް ކަމަށް، ބުނާ މައްސަލައެކެވެ.
ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމިކަމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފައިވާއިރު، ރެޖިސްޓްރާ މައްސަލަ ބަލައިނުގަތުމަށް ނިންމިކަމުގައި ވިޔަސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މައްސަލަ އިސްތިއުނާފުކުރުމުގެ ކުރުމުގެ ފުރުސަތު ޔާމީނަށް އެބައޮތެވެ.
ޔާމީންގެ މައްސަލަ ދިގުދެމިގެން ދާތީ،ޕްރޮގްރެސިވް ކޯލިޝަނާއި ރައީސް ޔާމީންގެ ސަޕޯޓަރުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ރައީސް ޔާމީނާއި އެއްކޮޅަށް ކޯޓުން މައްސަލަ ނުނިންމައިފިނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލިގެން ދާނެއެވެ.
ސުޕްރީމް ކޯޓުން ނިންމީ ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ