ވެރިކަމުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރާނަން – އުމަރު

ސުޕްރީމް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމްތައް ވެރިކަމުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ތަންފީޒުކުރާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޢުމަރު ނަސީރު މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ދައުލަތުގެ މީޑިއާގެ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ޢުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެންމެ ބޮޑަށް އަމާޒުކުރައްވާނީ ރާއްޖެއަކީ އަމާން ތަނަކަށް ހެއްދެވުމަށްކަމަށެވެ. އަދި ކޯޓު މަރުހަލާ ނިމި އާއިލާގެ ހުރިހާ މެންބަރުންގެ ރުހުން ލިބިއްޖެނަމަ އޭނާގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒުކުރައްވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޝަރުއީ ހުރިހައި މަރުހަލާއެއް ނިމިފައިތިބި މީހުންގެ ހުކުމް ތަންފީޒް ކުރެވޭނެ." އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޢުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ސަރުކާރުން ބައެެއް ވިޔަފާރިތަކަށްވަނުން ހުއްޓާލާނެކަމަށާއި އަދި ސަރުކާރު ބައެއް ކުންފުނިތައް ޕްރައިވަޓައިޒްކޮށް އަމިއްލަ ކުންފުނިތަކުގެ އަތްމައްޗަށް ސިނާއަތް ދޫކޮށްލާނެކަމަށެވެ.
އުމަރުގެ ވާހަކައިގައި ރާއްޖޭގެ ޓެކްސް ނިޒާމް ބަދަލުކޮށް އެންމެ ކުދި މައިކްރޯ ކުންފުނިތަކުން ޓެކްސް ނުނަގާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރެއް އަދި އެންމެ އުތުރުން އައްޑޫގައި ފްރީ ޓްރޭޑް ޕޯޓް ޒޯނެއް ތަރައްޤީކުރާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ