ވޭޕުން ޑިއުޓީ ބޮޑުކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީއަށް

މި ބިލަށް މިއަދު ވަނީ މަޖިލީހުގައި ބަހުސްކޮށް ނިންމާލާފަ އެވެ. މަޖިލީހަށް އެ ބިލު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.
އަންނަ ނޮވެމްބަރު 1 އިން 15 ގެ ނިޔަލަށް ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލު ދިރާސާކުރުމަށް މުޅި މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އަދި ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާ ކުރަން ނިންމަވާފައިވެ އެވެ.ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ހުށަހެޅުއްވި ބިލުގައި ވަނީ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ، އަންނަ މަހުގެ ފުރަތަމަ 15ގައި ބޮޑުވާނެ ކަމަށެވެ.މި ބިލަށް މިއަދު ވަނީ މަޖިލީހުގައި ބަހުސްކޮށް ނިންމާލާފަ އެވެ. މަޖިލީހަށް އެ ބިލު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ. ބިލު ބަލައިގަންނަން 65 މެންބަރުން ވޯޓް ދީފައިވާއިރު، ބިލާ ދެކޮޅަށް ތިން މެންބަރަކު ވަނީ ވޯޓް ދީފަ އެވެ. ބިލުގައި ވަނީ އިލެކްޓްރޯނިކް ސިނގިރެޓަށް / ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް / މިލިލީޓަރަކަށް އަށް ރުފިޔާ ބޮޑު ކުރުމަށެވެ. އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް / ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންގަތުގެ އުފެއްދުންތަލުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓަށް / މިލިލީޓަރަކަށް އަށް ރުފިޔާ ބޮޑު ކުރުމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ