ނުދައްކައި ހުރި ވޯކް ޕާމިޓް ފީތަކުން ބިލިއަނެއްހާ ރުފިޔާ ރިކަވާ ކޮށްފި

އެ ލިސްޓުން އެނގޭގޮތުގައި 1.7 ބިލިއަން ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ހުރީ ނުދައްކަ އެވެ. އޭރު މިނިސްޓްރީން ވަނީ މިދިޔަ އޮގަސްޓް މަހުގެ 12 ދުވަހުގެ ކުރިން އެ ފައިސާ ދެއްކުމަށް އެފަރާތްތަކަށް އަންގާފަ އެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ލިސްޓު އާންމު ކުރި ފަހުން މިއަދާ ހަމައަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ދައްކާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީން މިދިޔަ ޖޫން މަހު ވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100,000 ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެ ލިސްޓް ގައި 1026 ކުންފުންޏެއް ހިމެނެ އެވެ.އެ ލިސްޓުން އެނގޭގޮތުގައި 1.7 ބިލިއަން ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ހުރީ ނުދައްކަ އެވެ. އޭރު މިނިސްޓްރީން ވަނީ މިދިޔަ އޮގަސްޓް މަހުގެ 12 ދުވަހުގެ ކުރިން އެ ފައިސާ ދެއްކުމަށް އެފަރާތްތަކަށް އަންގާފަ އެވެ.މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ މިވަގުތާ ހިސާބަށް ދައުލަތަށް ނުލިބި ހުރީ 73.7 މިލިއަން ރުފިޔާ ކަމަށެވެ. ފައިސާ ނުދައްކާ ފަރާތްތައް މިހާރު ވާނީ އެކްސްޕެޓް ސިސްޓަމުން ބްލޮކް ކޮށްފައި ކަމަށާއި، އެފަރާތްތަކަށް އަލުން ހިދުމަތް ދޭނީ ފައިސާ ދެއްކުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބިދޭސީންގެ ފީތައް ދައުލަތަށް ނުދައްކާހުރިއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވެސް މިނިސްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެމީހުންގެ ބަޔޯމެޓްރިކް މައުލޫމާތު އެއްކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" މިހާރު 82 ރަށެއްގައި ކުރަމުންދާ ކަމަށާއި މިހާތަނަށް 6000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.އަމާޒަކީ އަންނަ އަހަރުގެ އޭޕްރީލް މަހު ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުން ނަމަވެސް، މިހާރު މިދާ ސްޕީޑުން އަންނަ ޖެނުވަރީގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ލަފާކުރައްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ