ގަވައިދާ ހިލާފަށް އުޅޭ 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެ ވިޔަފާރި ކުރަމުން ދިޔަ 4،300 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށްފި އެވެ.ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްއާން ވިދާޅުވީ އިމިގްރޭޝަނުގެ އަމާޒަކީ އެއް އަހަރު ތެރޭ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފުރުވާލުން ކަމަށެވެ.އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް 186 ރެއިޑް އޯޑަރު ނެރެ، 1237 ތަން ބަލާ ފާސްކޮށް، ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ޓާގެޓްކޮށްގެން ވަނީ 78 އޮޕަރޭޝަނެއް ހިންގާފަ އެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް އެކެއް އަދި ދޭއް އިންސްޕެކްޓްކޮށް 200 އޮފިސަރުން ބައިވެރިވެގެން ވަނީ 896 ތަނެއް ބަލައި ފާސްކޮށް ނޯޓިސްދީ، ބައެއް ފަރާތްތައް ބެލުމުގެ ދަށަށް ވަނީ ގެނެވިފަ އެވެ.އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޑިޓެންޝަންގައި މިހާތަނަށް 165 ބިދޭސީން އެބަތިއްބެވެ. "އެއް އަހަރުގެ ޓާގެޓުކަމަށްވާ ގަވައިދާ ހިލާފަށް އުޅޭ5،000 ބިދޭސިން ރާއްޖެ އިން ފުރުވާލުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން21 އޮކްޓޯބަރުގެ ނިޔަލަށް އަޅުގަނޑުމެންނަށް މިވަނީ 4،361 ބިދޭސީއަކު ފުރުވާލެވިފައި،"ޝަމްއާން ވިދާޅުވި އެވެ.ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގައި، ބިދޭސީން ދިރިއުޅޭ ތަންތަން ފާސް ކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން ހިންގާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ