އުރީދޫން ދޭ 11 ވަނަ އުމްރާ ދަތުރު މުއުތަސިމް ފަހުމީއަށް

އުރީދޫން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 11 ވަނަ ނަސީބުވެރި ފަރާތަކަށް މުއުތަސިމް ފަހުމީ ހޮވިއްޖެ އެވެ.
ވީ ކިހިނެއް؟ - ސ. މީދުއަށް އުފަން މުއުތަސިމްއަށް މި ލަކީޑްރޯގައި ލިބުނީ އުމްރާ ދަތުރެކެވެ.
ތަފްސީލް - އުރީދޫގެ 'ލިވް އަންލިމިޓަޑް ކެމްޕެއިނު'ގެ ދަށުން:
ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް
ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ލިބޭނެ
މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ 2 މީހަކަށް ހައްޖު ދަތުރެއް
މި ކެމްޕެއިނުގައި ބައިވެރިވުމަށް:
ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް 250ރ.އަށް ވުރެ ބޮޑު އަދަދެއް ހޭދަކުރުން
އަލަށް ގުޅޭ ކަސްޓަމަރުން ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް މަދުވެގެން 400ރ. ހަރަދުކުރުން
އުރީދޫގެ ހިދުމަތް (ކޯލް ނުވަތަ ޑޭޓާ) 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު ބޭނުންކުރުން
ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މި ޑްރޯގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކުން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިން މުއްދަތުގެ ތެރޭގައި ނަސީބުވެރިން ހޮވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ