މީސްތަކުންނާއި މުޢާމަލާތް ކުރަންވީ ގޮތް ބަޔާން ކުރައްވަވައި ކީރިތި ގުރްއާނުގެ ސޫރަތުލް އަޢްރާފްގެ 199 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ. "ކަލޭގެފާނު ޢަފޫ ކުރެވުއްމުގައި ހިއްޕަވާށެވެ. އަދި ހެޔޮކަންތަކަށް އަމުރު ކުރައްވާށެވެ. އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ."
އެނގިގެން މިދަނީ ތިބާއަށް ޢަފޫކުރެއްވެވުން ވަނީ ތިބާ އެހެން މީހުންނަށް މާފުކުރާ މިންވަރަކުން ކަމެވެ. އެހެނީ މީސްތަކުންނަށް މާފުކުރާ ބައަކު ކަމުގައިވުމަށް ﷲ ތަޢާލާ އެވަނީ އަންގަވައިފައެވެ.
މީސްތަކުންނަށް އޯގާތެރި ރަޙުމްކުރާ މީހަކު ކަމުގަވާށެވެ! اللهގެ ރަޙްމަތް ތިބާ އަށް ލިބޭނީ ތިބާ އެހެން މަޚްލޫގުންނަށް ރަޙުމްކުރި މިންވަރަކުންނެވެ.
އެއްވެސް މީހަކަށް ކުރެވުނު ކުށަކާއި ގުޅިގެން މާފަށް އެދިއްޖެނަމަ މާފުކުރަން ފަސްނުޖެހޭށެވެ! އޭނާގެކިބައިން މާދަމާ މާފަށް އެދެންޖެހޭނީ ތިބާކަމަށްވުމަކީވެސް ހަމަ ކައިރި ކަމެކެވެ. ކުށް ކުރެވެނީ ވަކި މީހަކަށް ނޫނެވެ. އެންމެންނަށްވެސް ކުށް ކުރެވޭނެއެވެ! އޭނާއަށް ކުށްކުރެވުނު ފަދައިން ތިބާއަށްވެސް ކުށް ކުރެވޭނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
މާފުކުރަން ދެކޮޅުހެދުމަކީ ﷲ ތަޢާލާގެ އަމުރުފުޅަކަށް އިންކާރުކުރުން! މީސްތަކުންނަށް މާފުކުރުމާ ހެޔޮކަންތަކަށް ޢަމުރުކުރުމާ ޖާހިލުންނާ ދުރުވުމަކީ ﷲ ތަޢާލާގެ އެންގެވުމެއްކަން ޤުރްއާނުން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ