ގްލަސްގޯ، ސްކޮޓްލެންޑް (ނޮވެމްބަރު 19) - ޑެންމާކްގެ މައްޗަށް 4-2 އިން ކުރިހޯދައި ސްކޮޓްލެންޑުން 28 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.
އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ހޯސްޓްކުރާ ވޯލްްޑް ކަޕުން ސްކޮޓްލެންޑް ޖާގަ ޔަގީންކުރިއިރު، އެ ޓީމުން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގަ އެވެ.
ރޭގެ މެޗު ފޯރިގަދަކޮށް ދިޔައިރު، ސްކޮޓްލެންޑުން ތިން ވަނަ މިނިޓްގައި ސްކޮޓް މެކްޓޮމިނޭގެ އޯވަހެޑްކިކުން ލީޑުނެގި އެވެ. ޕެނަލްޓީ އަކުން މެޗުގެ 57 ވަނަ މިނިޓްގައި ރަސްމުސް ހޮއިލުންޑް ވަނީ ޑެންމާކަށް އެއްވަރުކޮށްދީފަ އެވެ. އެ ލަނޑު ޖެހިތާ ހަތަރު މިނިޓް ފަހުން، ޑެންމާކްގެ ރަސްމުސް ކްރިސްޓެންސަން އަށް ދެ ވަނަ ރީނދޫ ކާޑެއް ދައްކައި، ރަތް ކާޑަކާ އެކު ދަނޑުން ފޮނުވާލި އެވެ.
ޑެންމާކުގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، 78 ވަނަ މިނިޓްގައި، ސްކޮޓްލެންޑްގެ ލޯރެންސް ޝޯންކްލޭންޑް ވަނީ ލަނޑެއް ޖަހައި، އަލުން ސްކޮޓްލެންޑަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން، ޑެންމާކުގެ ޕެޓްރިކް ޑޯގޫ ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. އެއްވަރުކޮށްލައިގެން ޑެންމާކަށް ވޯލްޑް ކަޕަށް ދެވެން އޮތް ނަމަވެސް، އިތުރު ވަގުތުގެ އަށް މިިނިޓް ތެރޭ ދެ ލަނޑު ޖަހައި، ސްކޮޓްލެންޑް މޮޅުވީ އެވެ. އެ ގޮތުން، ސްކޮޓްލެންޑުން ލީޑުނެގީ ކިއެރަން ޓިއެރަނީ ޖެހި ގޯލުންނެވެ. އަދި، ޑެންމާކަަށް ލަނޑެއް ޖަހައިދޭން ކެޝްޕާ ޝްމައިކަލް އަރައި ހުއްޓައި، އަމިއްލަ ހާފުން ގޯލަށް ބޯޅަ ފޮނުވާލައިގެން، ސްކޮޓްލެންޑަށް މޮޅު ކަށަވަރުކޮށްދިނީ ކިއެރަން މެކްކްލީން އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދާފައިވާ ޔޫރަޕްގެ ޓީމުތަކަކީ، އޮސްޓްރިއާ، ބެލްޖިއަމް، ކްރޮއޭޝިއާ، އިންގްލެންޑް، ފްރާންސް، ޖާމަނީ، ނެދަލެންޑްސް، ނޯވޭ، ޕޯޗުގަލް، ސްކޮޓްލެންޑް، ސްޕެއިން އަދި ސްވިޒަލެންޑް އެވެ.
ސްކޮޓްލެންޑް 28 އަހަރަށް ފަހު ވޯލްޑް ކަޕަށް ސްކޮޓްލެންޑް 28 އަހަރަށް ފަހު ވޯލްޑް ކަޕަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ