މޫނު ނިވާކޮށްގެން ތިބި ބަޔަކު މިދިޔަ ހަފުތާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ފައިސާ ދަބަހެއް ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހިމެނޭ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް، 20، އާއި ކ.ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް، 24، އަދި ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު، 30، ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
ފައިސާ ފޭރުނު މީހުން އެއާޕޯޓުން ފިލީ ވަޅިން ބިރު ދެއްކުމަށްފަހު ފައިސާ ފޭރިގަނެގެން ލޯންޗެއްގަ އެވެ. އެ ލޯންޗު ވެސް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. ބީއެމްއެލްގެ މުވައްޒަފުން އަތުން ފޭރިގަތީ 100،000 އަށްވުރެ ގިނަ ޑޮލަރެވެ. އެ ވަގުތު އެ މީހުންނާއެކު ފުލުހުންގެ ސެކިއުރިޓީއެއް ނެތެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ ސްޓާފުން ޑޮލަރު ހުރި ބްރީފް ކޭސް ގެންދިޔައީ ވީއައިއޭގެ ބާ ޓާމިނަލުން މި އަހަރު ހުޅުވި ޓާމިނަލުގައި ހުންނަ ޑޮލަރު ކައުންޓަރަށެވެ.
ޑޮލަރުތައް ހުރި ބްރީފް ކޭސް ޖަހައިގަތީ ދެ ޓާމިނަލު ދެމެދު އޮންނަ ވޯކްވޭ އިން ކަމަށް މައުލޫމާތު ލިބެ އެވެ. ބެލެވޭ ގޮތުގައި މިއީ ރޭވިގެން ހިނގި ވައްކަމެކެވެ.
އެއާޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް ޝަރީއަަތް ނިމެންދެން ބަންދަށް އެއާޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް ޝަރީއަަތް ނިމެންދެން ބަންދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ