ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީގެ 52 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ޔުނިވަރސީޓީގެ ވެރީންނާއި ހުރިހާ މުވައްޒަފުންނާއި ލޮބުވެތި ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، އެމަނިކުފާނުގެ ދުޢާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު، ޢިލްމީ ހިޔާވައްސަކަށްވުން ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމީ ޚިދުމަތުގައި ކާމިޔާބު 52 އަހަރު ކަޑައްތުކޮށްފައިވާތީ އެކަމައްޓަކައި އެމަނިކުފާނު ވަނީ ޤައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް މަރްޙަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޚިދުމަތްދޭން ފަށާފައިވަނީ 1973ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީގެ 52 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ