އުރީދޫ މޯލްޑިވްސްގެ އޭއައި ޕަވާޑް އީކޭވައިސީ ދޯހާގެ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފި
އުރީދޫން ރާއްޖޭގައި ބޭނުންކުރަމުން އަންނަ އިލެކްޓްރޯނިކް ނޯ ޔުއާ ކަސްޓަމަރު (އީކޭވައިސީ) ސޮލިއުޝަން ގަތަރުގެ ދޯހާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފި އެވެ.އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ މި ސިސްޓަމަކީ ޑިޖިޓަލް ހިދުމަތްތަކުގެ އިތުރަށް ފުރިހަމަކުރުމަށް އޭއައި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަންއެކެވެ.މި ސިސްޓަމް މެދުވެރިކޮށް އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބި، މީގެ ކުރިން މި ޕްރޮސެސް ކުރިއަށް ދިޔަގޮތާ އަޅާ ބަލާއިރު ކަސްޓަމަރުންގެ ތަޖުރިބާ ފަސޭހަ ކޮށްދެ އެވެ. "ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލް. ގުދުރަތީ ރީތިކަމާ އެއްވަރަށް ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފޯރުކޮށްދޭން އެބަޖެހޭ،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ."އަޅުގަނޑުމެންގެ މިޝަންގެ އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ފަތުރުވެރިއަށާއި ދިވެހި ރައްޔިތުންނަށް އަވަސް، އިތުބާރު ހިފޭ ކަނެކްޓިވިޓީ އަދި ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން."ކަސްޓަމަރުން ތަޖުރިބާފާސްޓް އޮންބޯޑިން: 60 ސިކުންތުން 10 ސިކުންތަށް ކުޑަކުރުން.އިންސްޓަންޓް ސިމް އެކްޓިވޭޓްކުރުން: 90 ޕަސެންޓަށް ވުރެ ގިނަ ރަޖިސްޓްރޭޝަން މިހާރު އޮޓޮމެޓިކުން އެޕްރޫވްކުރެވޭ.ފްރޯޑް މަދުވުން: ފޭކް އައިޑީ އަދި ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯތައް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭ.ފަސޭހަވުން: ފޯނު މެދުވެރިކޮށް ލައިނުގައި މަޑުނުކޮށް ވަގުތުން އެކްޓިވޭޓް ކުރެވުން.އިތުބާރާއި، ރައްކާތެރިކަމާއި، އެފިޝިއެންސީ ހަރުދަނާކުރުންއޭއައި ބޭނުންކުރެވޭ މި ސިސްޓަމްގައި މަލްޓި ލޭޔާޑް ވެރިފިކޭޝަން ޕްރޮސެސްއެއް ހިމެނިފައިވޭ.ކެމެރާ ބޭނުންކޮށްގެން އައިޑީ އަދި ސެލްފީ ނެގުން.އޭއައި އޯސީއާރު ބޭނުންކޮށްގެން މައުލޫމާތު އެކްސްޓްރެކްޓް ކުރުމާއި ވެލިޑޭޓް ކުރުން.އެޑްވާންސްޑް ލައިވްނެސް އަދި އެންޓި-ސްޕޫފިން ޗެކްތައް.ފޭސް ޓު އައިޑީ މެޗުކުރުން އާއި ޑޭޓާބޭސް ޗެކްކުރުން.ކޮންފިޑެންސް ތްރެޝްހޯލްޑް އެޕްރޫވަލް ލިބުމާއެކު ވަގުތުން ސިމް އެކްޓިވޭޓް ކުރުން.އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ