ތިބާގެ މައްޗަށް ރެއާ ދުވާލު ހަތްދިހަ ހާސް މަލާއިކަތުންގެ ދުޢާ ލިބިލިބި ހުންނާނެ ޢަމަލު- ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލްވާ ޢަމަލު

ފުރަތަމަ ބަލައިމިލަނީ އެމީހަކަށް ޒިޔާރަތްކުރުން ވާޖިބުވާ ބަލިމީހާއަށެވެ. ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެއީ އެމީހާގެ ބަލިޙާލުގެ ސަބަބުން ގެއިން ބޭރަށް ގޮސް މީހުންނާއި ބައްދަލުކޮށް ނުއުޅެވޭ މީހުންނެވެ. ހަމައެކަނި އެނދުމަތިވުމެއް ނޫނެވެ. އެހެން ސަބަބަކާއިހުރެނަމަވެސް އަމިއްލައަށް ބޭރަށް ގޮސް ނުއުޅެވޭ ކޮންމެ މީހެކެވެ.  
މުސްލިމަކު އޭނާގެ މުސްލިމު އަޚާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކުގެ އެންމެ މުހިންމު އެއް ޙައްޤަކީ އޭނާ ބަލިވުމުން އޭނާއަށް ޒިޔާރަތްކުރުމެވެ. 
މިޙަދީޘްފުޅުން ލިބެން އޮތް ބޮޑު ފައިދާ ލިބިގަންނަން ފަށާށެވެ. 
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 
مَا مِنِ امْرِئٍ مُسْلِمٍ يَعُودُ مُسْلِمًا إِلَّا ابْتَعَثَ اللَّهُ سَبْعِينَ أَلْفَ مَلَكٍ يُصَلُّونَ عَلَيْهِ فِي أَيِّ سَاعَاتِ النَّهَارِ كَانَ حَتَّى يُمْسِيَ وَأَيِّ سَاعَاتِ اللَّيْلِ كَانَ حَتَّى يُصْبِحَ» [رواه ابن حبان / كتاب: الجنائز وما يتعلق بها مقدما أو مؤخرا / باب: المريض وما يتعلق به / رقم: 2958 ، وصححه الألباني في صحيح الجامع الصغير (5687)]
މާނައީ: "އެއްވެސް މުސްލިމަކު އަނެއް މުސްލިމަކު ބަލިވެގެން ޒިޔާރަތްކުރުމަށްޓަކައި ހެނދުނު ހިނގައްޖެނަމަ ހަވީރު ވަންދެން އަދި ރޭގަނޑު ހިނގައްޖެނަމަ ހެނދުނު ވަންދެން، އޭނާގެ މައްޗަށް ދުޢާކޮށްދޭން ހަތްދިހަ ހާސް މަލާއިކަތުން ﷲ ފޮނުއްވައެވެ." 
Al-Tirmidhi (969) narrated that ‘Ali (may Allah be pleased with him) said: I heard the Messenger of Allah (peace and blessings of Allah be upon him) say: “There is no Muslim who visits a (sick) Muslim early in the morning but seventy thousand angels send blessings upon him until evening comes, and if he visits him in the evening, seventy thousand angels send blessings upon him until morning comes, and he will have a garden in Paradise.”
(Classed as sahih by al-Albani in Sahih al-Tirmidhi) 
Hadhees: Islamqa 
ބަލިމީހުންނަށް ޒިޔާރަތްކުރަންވީ އެމީހާއަކީ ތިމާ ދަންނަ މީހަކަށް، ނުވަތަ ޣާތްތިމާގެ މީހަކަށްވެގެނެއް ނޫނެވެ. މުސްލިމް އަޚަކަށްވީތީއެވެ. މި ޙަދީޘްފުޅުން އެނގޭ ގޮތުގައި ހަތްދިހަ ހާސް މަލާއިކަތުންގެ ދުޢާ މުޅި ދުވާލާ ރޭގަނޑު ލިބިލިބި ހުންނަ މީހަކަށް ވެވިދާނެއެވެ. ކުރަން އޮތް ކަމަކީ ހެނދުނުވެސް ހަވީރުވެސް ބަލިމީހަކަށް ޒިޔާރަތްކުރުމެވެ.   
ބަލިޙާލުގައި އޮންނަ މީހާ އޭނާއަށް ޖެހިފައިވާ ބަލީގެ ސަބަބުން ވޭން ތަހައްމަލު ކުރަން ޖެހެއެވެ. އަދި އެކަން އެތައް ދުވަހަކަށް، އެތައް މަސްތަކަށް އަދި އަހަރުތަކަށްވެސް ދިގުދެމިގެން ހިނގައިދާނެއެވެ. އަޅާ ވޭނުގެ ސަބަބުން އޭނާއަށް ލޮލުފިޔަޖަހައި ނުލެވި އަދި އަރާމެއް ނުލިބި ވޭންއެޅުންމަތީގައި އޮންނަންވެސް އެބަ ޖެހެއެވެ. 
އޭނާ އެޙާލުގައި މާޔޫސްވެފައި އޮންނަނީ އޭނާގެ ބަލި ފަސޭހަކޮށްދެއްވަވައި އޭނާގެ ދަރަޖަ އުފުއްލަވައިދެއްވުން އެދި ﷲ ގެ ޙަޟްރަތަށް ދުޢާކޮށް ދިނުން އެދިއެދިއެވެ. ވީމާ އޭނައަށް ޒިޔާރަތްކޮށް، ވާހަކަ ދައްކާލައި ހިތްވަރުދީ ހެދުމަކީ އޭނާގެ ހިތާމަތައް ކުޑަވާ، އަދި ފިލައިދާވެސް ކަމެކެވެ. އަދި ބަލިމީހާގެ ގައިގައި އޯގާތެރިކަމާއެކު ފިރުމާލުމަކީ އަޚްވަންތަކަމާއި ގާތްކަން އިޙްސާސްކުރެވޭ ކަމެކެވެ. އަދި ތިމާއަށްވެސް އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އަޅުންގެ ކިބައިން މިކަންކަމަށް އެދޭނެއެވެ. 
ބައެއް މީހުން ބަލިޙާލުގައި އޮންނަނީ ވަށައިގެން ހިނގާ ކަންކަން ނުވެސް އެނގޭ ޙާލުގައެވެ. މިހާރުގެ ބަހުންނަމަ ބުއްދިފިލައިފައެވެ. ނުވަތަ ކޯމާގައެވެ. އެޙާލުގައި އޮންނަ މީހާއަށްވެސް މިބުނި މަގުން ކަންކަން ކުރާށެވެ. ބަލިމީހާއަށް ތިބާ އެކަންކުރިކަން ނުއެނގުނު ނަމަވެސް ﷲ ތަޢާލާ ބައްލަވާވޮޑިގެންވެއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ