މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އިން ބާއްވާ ކޮޅުނބު ފުޓްސަލް ކަޕްގެ މި އަހަރުގެ މުބާރާތުގައި 12 ޓީމާ އެކު ކުރިއަށްގެންދިއުމަށް ތައްޔާރުވެއްޖެ އެވެ.
މިދިޔަ އަަހަރުގެ މުބާރާތުގައި ޖުމްލަ އެކު އަށް ޓީމެއް ވާދަކުރިއިރު، މުބާރާތް ކުރިއަށްދިޔައީ ފިއެސްޓާ އުސޫލުން ވަން ޑޭ ކަޕެއް ގޮތަށެވެ. އެހެން ނަަމަވެސް މި ފަހަރުގެ މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސް ދެ ދުވަހުގެ މުބާރާތެއް ގޮތަށް ކުރިއަށްގެންދިއުމަށް ރޭވިފައިވާއިރު، ޖުމްލަ 12 ޓީމެއް ވާދަކުރާނެ އެެވެ. އެއީ، ތިން ޓީމު ގްރޫޕެއްގައި ހިމެނޭ ގޮތަށް ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ އާއި ސްރީ ލަންކާގެ ޓީމުތަކުގެ އިތުރުން، ސައުދީ އަރަބިއްޔާ އާއި ލީބިއާގެ ޓީމެއް ކުޅޭނެ އެވެ.
މުބާރާތުގެ ގުރުއަތުލުން ކުރިއަށްގޮސްފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ، އެންމެ ފަހުގެ ޗެމްޕިއަން މައެސްޓްރޯ އެފްސީގެ އިތުރުން މެޖިސްޓާ އެފްސީ އަދި ޓުކޯ ޓަކާ އެވެ. ގްރޫޕް ބީގައި ރެޑް ޑެވިލްސް އާއި ލަޔަންސް ސިޓީ އަދި ކްލައުންސް އެފްސީ ހިމެނޭއިރު، ގްރޫޕް ސީގައި ހިމެނެނީ، ޖޭޖޭ ސްޕޯޓްސް ކްލަބާއި ޓީމު ލީބިޔާ އަދި ޕްރައިމް ލިއޯން އެވެ. އަދި، ގްރޫޕް ޑީގައި ހިމެނެނީ، ޓީމު އަލްކޮމް، ބީބީ އެފްސީ އަދި ސައުދީ ޓީމެެވެ.
މުބާރާތުގެ މެޗުތައް އޮތީ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގެ އެވެ. ފުރަތަމަ ދުވަހު ގްރޫޕް ސްޓޭޖު ކުޅުމަށް ފަހު ދެ ވަނަ ދުވަހު އޮންނާނީ ނޮކައުޓް ބުރުގެ މެޗުތަކެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި، މައެސްޓްރޯ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި، ކިރުލަ ސްޕޯޓްސް އަތުން 4-1 އިން މޮޅުވެގެންނެވެ. މި އަހަރު ކިރުލަ ސްޕޯޓްސް އިން ނުކުންނަނީ ޓީމު އަލްކޮމްގެ ނަމުގަ އެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކަށް 3އެޗްލޮޖިސްޓިކްސް އިން ހަރަކާތްތެރިވާއިރު، މީޑިއާ ޕާޓްނަރަކީ އަދަދު ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި، އޮބިއޮން، އެސްޕަޔާ ސްޕޯޓްސް، ޖޮޒްޓީ، އައިލެންޑް ޕާފިއުމް، ކެފޭ ޑި މާލެ، ސްވިފްޓް ލޮޖިސްޓިކްސް، ގުރުވާ ރެސްޓޯރަންޓް، ބޮޑީ ޓޯން ފިޓްނަސް އަދި އައިންޓްޒް ކިޗަން ހަރަކާތްތެރިވާނެ އެވެ.
ކޮޅުނބު ފުޓްސަލް ކަޕްގައި މި ފަހަރު 12 ޓީމު ވާދަކުރާނެ ކޮޅުނބު ފުޓްސަލް ކަޕްގައި މި ފަހަރު 12 ޓީމު ވާދަކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ