ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް 12 މަސްދުވަހުގެ މުއްދަތަކަށް ބީއެމްއެލް އިން ހިންގާ ޕްރޮގްރާމެކެވެ.
ތަފްސީލް - އިންޓާންޝިޕް ފުރުސަތުތައް:
ގްރެޖުއޭޓް އިންޓާންޝިޕް: 15 ބައިވެރިންނަށް؛ ބޭންކުގެ އެކި ޑިވިޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ
ޓެކް ސްޓާޓް އިންޓާންޝިޕް: 10 ބައިވެރިންނަށް – ބޭންކުގެ ޓެކްނޮލޮޖީ ޑިވިޝަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ
މި އިންޓާންޝިޕްގައި ބައިވެރިވުމަށް:
މި މަހުގެ ނިޔަލަށް ބައިވެރިވެވޭނެ 
އޮންލައިންކޮށް ހުށަހެޅޭނެ
މި ޕްރޮގްރާމް މެދުވެރިކޮށް:
ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައި ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ
މި އަހަރުގެ ގްރެޖުއޭޓް އިންޓާންސްއަށް ކޮންމެ މަހަކު ލިބޭ އެލަވަންސް 9،000ރ.އަށް ބޮޑުކޮށްފައިވޭ
ޓެކް ސްޓާޓް އިންޓާނސްއަށް މަހަކު 11،000ރ.ގެ އެލަވަންސެއް
ފާހަގަކޮށްލެވޭ - 2018 އިން ފެށިގެން މިހާތަނަށް ބީއެމްއެެލް އިން 77 އިންޓާންސްއަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައިވެ އެވެ. މީގެ ތެރެއިން ބައެއް އިންޓާންސްއަށް ބޭންކުގެ ދާއިމީ ވަޒީފާގެ ފުރުސަތު ވެސް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ