ކޮއްކޯފުޅު ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތަފާތު ތުހުމަތާއެކު އޭގެ ތެރެއިން ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންގެންދާވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ ފަރުވާދެމުން ދާއިރުވެސް އެ މަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ނުދިންކަމަށް ރައީސް މައުމޫނުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫނު ހަމީދު ވިދާޅުވީ 3:30 އަށް ހަމަޖައްސާފައިވާ ރައީސް މައުމޫނާއި ވަކީލުންގެ ބައްދަލުވުން ކެންސަލްކޮށްފައިވާކަން އެންގީ ގަޑިޖެހެން އަށް މިނެޓަށް ވެފައި ވަނިކޮށް ކަމުގައެވެ.
މައުމޫން ހަމީދު ވިދާޅުވީ ލޯޔަރުންގެ ބައްދަލުވުން ކެންސަލްވިކަމަށް އެންގީ ފޯން ކޯލަކުން ކަމަށާއި އަދި އެ ބައްދަލުކުރެއްވުން ކެންސަލްކުރަންޖެހުނީ އިދާރީ ކަންކަން ހަމަނުޖެހޭތީކަމަށް އޭގެ 10 މިނިޓް ފަހުން ފުލުހުން ބުނެފައިވާކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ އާލާސްކަންފުޅު ބޮޑުވެ ޖަލަށް ޑޮކްޓަރުން ގެންގޮސްގެން ފަރުވާދެމުން ގެންދާއިރު މާފުށީ ޖަލުން އިއްޔެ ދޫނިދޫ ޖަލަށް ބަދަލުކޮށް އަނެއްކާވެސް އަލުން މާފުށީ ޖަލަށް އެމަނިކުފާނުަނީ މިއަދު ބަދަލުކޮށްފައެވެ.
ރައީސް މައުމޫނާ ބައްދަލުކުރަން ފުރުސަތެއް ނުދިން: ވަކީލް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ