ޕްރީ ސްކޫލް މުދައްރިސުންނަށް އަހަން ކެމްޕެއިންގެ ސެޝަނެއް ހިންގައިފި

ޖެންޑާ މިނިސްޓްރީއިން އިންތިޒާމް ކޮށްގެން 4 ޕްރީސްކޫލެއްގެ މުދައްރިސުންނަށް އަހަން ކެމްޕެއިންގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.އެ ސެޝަނުގައި ބައިވެރިވެފައި ވަނީ ޕީއެލް ކިޑްސް ޕްރީ ސްކޫލާއި، ޝައިން ޕްރީ ސްކޫލާއި، ބުރޫޖު އަދި ފަލާހު ޕްރީ ސްކޫލުންނެވެ. ޖެންޑާ މިނިސްޓްރީއިން މަޢުލޫމާތު ދޭ ގޮތުގައި، ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ޖުމްލަ 70 މުދައްރިސުން ބައިވެރިވެފައިވެއެވެ. އަހަން ކެމްޕެއިން އަކީ ކުޑަކުދިންނަށް ކުރާ އަނިޔާ އާއި މެދު ހޭލުންތެރި ކުރުވުމަށް ޔުނިސެފް އާއި އާކު މޯލްޑިވްސް އާއި ގުޅިގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމެކެވެ. ޖެންޑާ މިނިސްޓްރީއިން މިދިޔަ މަހު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން، އަނިޔާ އާއި މެދު ހޭލުންތެރި ކުރުވުމަށް ދަރިވަރުންނަށް ހިންގާ އަހަން ކެމްޕެއިންގެ ދަށުން އެކި އަތޮޅުތަކުން ޖުމްލަ 676 ދަރިވަރުންނަށް އަނިޔާ އާއި ބެހޭ ސެޝަންތަކެއް ވަނީ ނަގާދީފައެވެ. މީގެ ތެރޭގައި ހިމެނެނީ ގދ.އަތޮޅުގެ 283 ދަރިވަރުންނާއި ކ.އަތޮޅުގެ 271 ދަރިވަރުންނާއި ވ.އަތޮޅުގެ 122 ދަރިވަރުންނެވެ. އަހަން ކެމްޕެއިންގެ ދަށުން ޣިޔާސުއްދީން ސްކޫލުގެ ޓީޗަރުންނަށް ކުޑަކުދިންނަށް ކުރާ އަނިޔާ ދެނެގަތުމާއި ބެހޭ ގޮތުން ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ