ހައުސިން އެންޑް އާރބަން ޑިވެލޮޕްމެންޓް މިނިސްްޓްރީން ފޯސްކަސް ކުރާނީ ހައުސިންއާއި ބޯހިޔާވަހިކަމަށް އެކަނި ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ މީގެ ކުރިން ބޯހިޔާވަހިކަމާއި ހައުސިން އަށް ވަކިން މީގެކުރިން މިނިސްޓްރީއެއް އޮތެކޭ ނުދެއްނެވޭނެ ކަމަށާއި، އޭރު އޮތް މިނިސްޓްރީއަކީ އެކިއެކި މަސައްކަތްތަކަށް ހާއްސަ މެގަ މިިނިސްޓްރީއެއް ކަމަށެވެ.
ހައުސިންގެ މަަސައްކަތްތައް ކުރަމުން އައީ ބޮޑު މިނިސްޓްރީގެ ތެރެއިން އަންނަ ކުޑަކުޑަ ޑިޕާޓްމަންޓަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ހައުސިން އެންޑް އާރބަން ޑިވެލޮޕްމެންޓް މިނިސްޓްރީއަކީ ހަމައެކަނި ބޯހިޔާވަހިކަމާއި ހައުސިންއަށް ހާއްސަ މިިނިސްޓްރީއެއް ކަމަށްވެސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުންގެ މެންޑޭޓްގެ އެންމެ ބޮޑު ފޯކަސް އަކީ ރައްޔިތުންނަށް ލުއި ފަސޭހަ ކަމާއެކު އަވަހަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިންކަމަށެވެ.
އަދި ފާއިތުވި ސަރުކާރުގައި ހައުސިންގެ ކަންތައްތައް ގެންގޮސްފައިވަނީ ވަރަށް ދޯދިޔާ ކޮށް ކަމަށާއި، މިސަރުކާރުން ހައުސިންގެ ކަންތައްތައް ކުރިއަށް ގެންދަން ރާވާފައިވަނީ ރަނގަޅު ސިޔާސަތު ތަަކަކާއި، ގާނޫނުތައް ހުރެގެން ރައްޔިތުންގެ ބޭނުންތައް ކޮށްދެވޭނެ ގޮތަށްކަމަށް ނަޝީދު ވިދާޅުވިއެވެ.
އެ މިނިސްޓްރީ އިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަތުން ކަމަށާއި، އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ގުޅިގެން މައުލޫމާތު ސާފުކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މައުލޫމާތުގެ އަލީގައި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންގެ މައުލޫމާތު އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ފާއިތުވި ސަރުކާރުގައި މީހުންނަށް ފުލެޓް ދިން އުސޫލަކުން މި ސަރުކާރުން ފުލެޓް ނުދޭނެ ކަމަށާއި، މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ވަރަށް ގިނަ ގޮތްގޮަށް ބެލުމަށްފަހު ދެފުއްފެންނަށް ގޮތައް އިންސާފުވެރިކަމާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހައުސިން އެންޑް އާރބަން މިނިސްޓްރީ ހާއްސަވެފައިވަނީ ހަމައެކަނި ބޯހިޔާ ވަހިކަމަށް- އަހުމަދު ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ