އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މަސައްކަތް ފެއްޓެވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ޕީޕީއެމްގެ ދަފްތަރުން އުނިކޮށް، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ޕީޕީއެމްއިން މެމްބަރު ފަޒާދު ވަކިކޮށް، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، ޕީޕީއެމްއިން ފަޒާދު ވަކިކޮށްފައިވަނީ ރަނގަޅަށްތޯ ބެލުމަށް ފަހު، ޕީޕީއެމްއިން ފަޒާދު ވަކިކޮށްފައިވަނީ ރަނގަޅަށްކަން އެނގެން އޮންނާތީ، އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ފަޒާދުގެ ނަން އުނިކޮށް، އެކަން ރައްޔިތުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް ޝަރީފް ވިދާޅުވީ މެމްބަރެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމުގެ ބާރެއް މިހާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށެވެ.
މިމަހުގެ 06 ވަނަ ދުވަހު، ޕީޕީއެމްގެ ސްލޫކީ ކޮމެޓީން ވަނީ ފަޒާދު ވަކިކުރަން ނިންމައި އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފަޒާދުގެ މައްސަލަ ބެލުމަށް ފަހު، އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މައްސަލަ ރައްދުވާ ފަރާތަށް ދިފާއުވުމަށް ދެ މެމްބަރަކު އައްޔަނު ކުރުމަށް ދިން ފުރުސަތުގެ ބޭނުން ހިއްޕަވާފައިނުވާ ކަމަށެވެ. އަދި ކޮމެޓީއަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގެންނެވުމަށް ދެއްވި ފުރުސަތުގެ ބޭނުން ވެސް ފަޒާދު ހިތްޕަވާފައިނުވާ ކަމަށެވެ.
ސުލޫކީ މައްސަލަ ބެލިއިރު ކޮމެޓީއަށް ފާހަގަކުރެވުނު ކަންތައްތައް ކަމަށް ސިޓީގައި ހިމަނާފައިވާއިރު، ފަހަކަށް އައިސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ފަޒާދު ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ޕާޓީން އަންގާ އެންގުންތަކާއި، ޕާޓީން އެދޭ ކަންކަމުގައި ޕާޓީއަށް އެއްބާރުލުންދެމުން ނުގެންދާ ކަމަށާއި، ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަކުރެވިިފައިވާ ކަމަށް ސުލޫކީ ކޮމެޓީގެ ނިންމުމުގައި ބުނެފައިވެއެވެ.
އޭގެއިތުރުން ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން އަންގާ އެންގުންތަކާއި އެއްގޮތަށް ފަޒާދު އަމަލު ކުރައްވަމުން ނުގެންދަވާ ކަމަށާއި، ޕާޓީގެ ސިޔާސަތުތަކާއި ކަނޑައެޅިގެން ހިލާފަށް ފަޒާދު އަމަލުކުރައްވަމުންގެންދަވާ ކަމަށް އެ ނިންމުމުގައި ބުނެފައިވެއެވެ. އަދި ޕާޓީއަށް ގެއްލުންވާ ގޮތަށް ފަޒާދު ތަކުރާރުކޮށް އަމަލުކުރައްވަމުންގެންދަވާކަމަށް ވެސް ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ އެ ނިންމުމުގައި ބުނެފައިވެއެވެ.
ފަޒާދު، ޕީޕީއެމުން ވަކިކުރުމާއެކު އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިގެންދާނެ އެވެ. ސަރުކާރުން ފާސްކުރި، އެންޓި ޑިފެކްޝަން ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެމްބަރަކު ޕާޓީން ވަކިވެއްޖެ ކަމަށްވަނީނަމަ، އަދި ޕާޓީއަކުން ވަކިކޮށްފިކަމަށްވަނީނަމަ އެ މެމްބަރެއްގެ މެމްބަރުކަމުގެ ގޮނޑި ގެއްލިގެންދާނެ އެވެ.
ފަޒާދު ޕީޕީއެމުން ވަކިކުރިިއިރު، އޭނާ ވަނީ އިދިކޮޅު ކެމްޕޭންގައި ހަރަކާތްތެރިވެވަޑައިގަންނަވާފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރު ފަޒާދު ޕީޕީއެމުން ވަކިކޮށްފި، އެކަން މަޖިލީހަށް ވެސް އަންގައިފިން: އިލެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ