ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްސަލަވެސް ސުޕްރީމް ކޯޓަށް ބަލައިގެންފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މައްސަލަ މުރާޖައާކޮށްދިނުމަށްއެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަވެސް އެ ކޯޓުން ބަލައިގެންފިއެވެ.
އެގޮތުން ސުޕްރީމް ކޯޓުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން މުރާޖަޢާކޮށް ދިނުން އެދި މ. ސީނުކަރަންކާގެ، މާލެ، މުޙައްމަދު ނާޡިމްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ހުށަހެޅި މައްސަލައިގައި މުރާޖަޢާކޮށްދިނުން އެދި ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށް، މި މައްސަލައިގައި އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
ކާނަލް ނާޒިމްގެ މައްސަލަ ބަލައިގަތުމަށް ނިންމާފައިވާއިރު ކުރީގެ މަޖިލިސް މެމްބަރު އަހްމަދު ނާޒިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޝައިޚް އިމްރާން އަބްދުﷲގެ މައްސަލަވެސް ސުޕްރީމް ކޯޓަށް މިއަދު ވަނީ ބަލައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ