އިންސާފު ހޯދި ރައްޔިތުން މަގުމަތި ނުވާނެ ފޯމިއުލާއެއް ހޯދަން ޖެހޭ: މަހްލޫފު

އިންސާފު ހޯދަން އެތައް އަހަރެއް މަސައްކަތް ކުރި ރައްޔިތުން އަލުން މަގުމަތި ނުވާނެ ފޯމިއުލާއެއް ކޯލިޝަންގެ ތެރެއިން ހޯދަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި މަހުލޫފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމަން ޕާޓީ ތަކުން ވަނީ އެއްބަސްވުންތަކެއް ވެފައި ކަމަށެވެ. އަދި އެއަށް އިހުތިރާމް ކުރުމަކީ ބަދަހިކޮށް މިއޮތް 5 އަހަރު ކުރިޔަށް ގެންދިއުމަށް މުހިންމު ކަމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ. YAG ge aniyaaverikan ninman party thakun vanee ehbasvunthakeh vefa.Eyah ikhthiraam kurumakee badhahikoh mi 5 aharu kuriah gendhiumah muhimmu kameh.Insaaf hoadhan ethah aharuthakeh masahkaiy kuri rayyithun alun magumathi nuvaane hurihaa formula eh coalition thereyn hoadhanjehey.— Ahmed Mahloof (@AhmedMahloof) October 25, 2018
އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އިންސާފު ހޯދަން އެތައް އަހަރުތަކެއް މަސައްކަތް ކުރި ރައްޔިތުން އަލުން މަގުމަތި ނުވާނެ ފަދަ ފޯމިއުލާއެއް ކޯލިޝަނުގެ ތެރެއިން ހޯދަން ޖެހޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހްލޫފަކީ ކޯލިޝަން އުފިގެން އައިއިރު ކޯލިޝަންގެ ތަރުޖަމާނުވެސް މެއެވެ. މަހްލޫފު ޖަލުން ދޫކޮށްލުމަށްފަހު މިދިޔަ ދުވަސްތަކުގައި ވަރަށް އަވަހަށް ޕާޓީއަކާއި ގުޅެނެ ކަމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ.
އިދިކޮޅުން މި ސަރުކާރާއި ދެކޮޅަށް ހިންގި ގިނަ ހަރަކާތްތަކެއްގައި ޖަލަށް ކލަންދެން އެންމެ މުގުލުގައިވެސް ހުންނެވީޫ މަހްލޫފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ