ވޯޓުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދުސްތޫރީ މައްސަލައެއް ވެރިކަން ކުރާ ޕާޓީ ޕީޕިއެމް އިން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، މިއަދު އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތަފްސީލެއް ޕީޕީއެމް އިން ނުދެއެވެ. ޕީޕީއެމް އިން ހަމައެކަނި ބުނީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށާއި އެ މައްސަލަ، ރާއްޖޭގެ އެންމެ މަތީ ކޯޓަށް ވެއްދީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ސަޕޯޓަރުން ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށެވެ.
އިންތިޚާބާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ޕީޕީއެމުގެ ސަޕޯޓަރުން ހުށަހަޅާފައިވާ ކަމަށާއި އިންތިޚާބާ ގުޅޭ މައްސަލަ ކޯޓަށް ވައްދަން ރައީސް ޔާމީން ނިންމެވީ އެ މައްސަލަތަކަށް ބައްލަވާފައި ކަމަށް ޕީޕީއެމް އިން ބުންޏެވެ.
ޕީޕީއެމް އިން އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެޕާޓީގެ އެކްޓިވިސްޓުން ގެންދަނީ އިންތިޚާބާއި ގުޅޭ ގިނަ މައްސަލަތަކެއް މީސް މީޑިއާގައި ފާހަގަ ކުރަމުންނެވެ. އެގޮތުން އަނގޮޓިއެއް ބޭނުން ކޮށްގެން ވޯޓް ކަރުދާހުގައި ފާހަގަ ޖަހާފައިވާ ކަމަށާއި އަދި ވޯޓް ކަރުދާސް ޕްރިންޓް ކުރުމުގައި ވެސް ގޯސްތަކެއް ހަދާފައިވާ ކަމަށް ޕީޕީއެމްގެ އެކްޓިވިސްޓުން ތުހުމަތު ކުރެއެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ވެސް ޕީޕިއެމް އިން ގެންދަނީ ބޮޑެތި ތުހުމަތަކެއް ކުރަމުންނެވެ. ބައެއް މެންބަރުންގެ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ބުނެއެވެ.
އިންތިޚާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެންބަރުން މިހާރު ތިއްބެވީ ސްރީލަންކާގައެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ