ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ހާއްސަ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވައިފިއެވެ.
”ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ“ގެ ނަން ދީފައިވާ އެ ކޮމިޝަނަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ރައީސް އުފެއްދެވި ކޮމިޝަނަކެވެ.
އެ ކޮމިޝަން އުފެއްދެވުމުގެ މަގްސަދެއްގެ ގޮތުގައި ރައީސްގެ ގަރާރުގައި ވިދާޅުވެފައިވަނީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި ދައުލަތުގެ އެކި ފަންތީގައި ތިިބި ފަރާތްތަކުން ވެފައިވާ ހިޔާނާތްތަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ގަހުގީގު ކުރެވި އިންސާފު ގާއިމް ކުރެވިފައިނުވަނީ، އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމްކުރުމަށް އުފައްދަވާފައިވާ މުއައްސަސާތަކާއި ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީ ކަމަށެވެ.
ގެއްލިފައިވާ ފައިސާ ހޯދަން އުފެއްދެވި ކޮމިޝަނަށް ރައީސް ސޯލިހް އައްޔަންކުރެއްވި ބޭފުޅުންނަކީ:
1. އަހުމަދު އަސްއަދު، މާތޮޑާއަވަށް، ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ
2. އާސް އަބްދުﷲ، ދަޑިމަގު، ގާޑެންގްރޯވ، ފުވައްމުލައް ސިޓީ
3. ގާނޫނީ ވަކީލް ނަދީމް އިބްރާހިމް، ދަފްތަރު ނަންބަރު ރސ. 7006
4. ގާނޫނީ ވަކީލާ އާއިޝަތު ހަނާ ވަހީދު، މ. ހާޑްރޮކް
5. ފާތިމަތު ސަރީރާ އަލީ ޝަރީފު، ދަފްތަރު ނަންބަރު ދރ. 1320
މި މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސް ކަމަށް ރައީސް ސޯލިހް ކަނޑައަޅުއްވާފައިވަނީ އަހުމަދު އަސްއަދެވެ.
ގެއްލިފައިވާ ފައިސާ ހޯދަން ހާއްސަ ކޮމިޝަނެއް ރައީސް އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ