"ހަވީރު"ނޫސް ވިއްކާލަން އުޅޭ ކަމުގެ ހަބަރުތަކެއް ފެތުރިއްޖެ

ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ދުވަސްވީ ނޫސް "ހަވީރު" ވިއްކާލަން ނިންމި ކަމަށް ބުނާ ހަބަރުތަކެއް ފެތުރިއްޖެ އެވެ.
ނަމަވެސް އެކަން ވަނީ ހަވީރުގެ މެނޭޖުމަންޓުން އަދި ކަށަވަރު ނުކޮށްދީފަ އެވެ. އަދި ވިއްކާ ލަނީ ކާކަށް ކަމެއް އަދި އަގެއް ވަނީ އޮޅުންފިލާ ގޮތް ނުވެފަ އެވެ.
އެ ހަބަރު ސާފު ކުރުމަށް ހަވީރު ނޫހުގެ އެގްޒެކެޓިވް ޑިރެކްޓަރު ވާއިލު ޒާހިރު ހުސައިނާ ސަން އިން މިއަދު ގުޅުމުން ވިދާޅުވީ އެކަމާ ބެހޭ ގޮތުން ދެއްވާނެ ކޮމެންޓެއް އަދި ނެތް ކަމަށެވެ. ނަމަވެސް ވާއިލު އެ ވާހަކަ ދޮގެއް ވެސް ނުކުރައްވަ އެވެ.
ހަވީރު ނޫހުގެ ބައެއް ޖާނަލިސްޓުން ކޮށްފައިވާ ޓުވީޓްތަކުގައި ބުނެފައި ވަނީ އެ ނޫސް ވިއްކާލުމަށް ނޫހުގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ތަފާތު މިނިސްޓްރީތަކެއް ހިންގަވާފައިވާ އަދި ގައުމީ ޔުނިވަސިޓީގެ މިހާރުގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ މަސްއޫލުވެރިކަމުގައި ނުކުންނަ ދުވަހު ނޫސް ރަޖިސްޓްރީކޮށްފައި ވަނީ 1 ޖެނުއަރީ 1979 އެވެ. އެ ނޫހުން ވަނީ ވޭތުވެ ދިޔަ 34 އަހަރުގެ ތެރޭގައި ގިނަ ގުނަ ހިދުމަތްތަކެއް މުޖުތަމައު އަށާއި ނޫސްވެރިކަމަށްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ