ފީއަލި އިންޖީނުގެ ހިންގަން ފެނަކައިިން ހަވާލުވެެއްޖެ

ފ. ފީއަލި އިންޖީނުގެ ހިންގަން ފެނަކާއިން މިއަދު ހަވާލު ވެއްޖެ އެވެ.
ފީއަލި އިންޖީނުގެ މީގެ ކުރިން ހިންގަމުން އައީ އަމިއްލަ ފަރާތަކުންނެވެ. މިއަދު ފެނަކައިގައި އޮތް ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ. ފީއަލިގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ޖަލީލު އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނިމާލް ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގުމަށް ފީއަލި އިންޖީނުގެ މިހާރު ހަވާލުވެފައިވާ އިރު އެ މަސައްކަތް މިމަހު 12 ހިސާބުގައި ފެށޭ ވަރުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ހެޔޮ އަގެއްގައި ކަރަންޓުގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.
އާބާދީގައި 1165 މީހުން އުޅޭ ފީއަލީގެ ކަރަންޓުގެ އެންމެ މަތީ ކެޕޭސިޓީ އަކީ 100 ކިލޯ ވޯޓެވެ. ފީއައްޔާ އެކު ފެނަކަ އިން ޖުމްލަ 151 ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ އެވެ. ރާއްޖޭގެ ހުރިހާ ރަށްތަކަށް 24 ގަޑި އިރު ކަރަންޓުގެ ހިދުމަތް ޔަގީން ކޮށްދިނުމަށް ފެނަކަ އިން ވަނީ މިހާރު 77 ޖަނެރޭޓަރު ގެނެސް ރަށްތަކާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ