އެމްޔޫއޯގެ އައްޑޫ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން މައުމޫނު ދެކޮޅު ހައްދަވައިފި

މިރޭ އައްޑޫގައި އިދިކޮޅު ފަރާތްތަކުން އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދެކޮޅު ހައްދަވައިފިއެވެ.
މިއީ ރިޝްވަތުގެ މައްސަލައެއްގެ ދައުވާ އުފުލާފައިވާ މައުމޫނުގެ ދަރިކަލުން ފާރިސް ގޭބަންދަށް ބަދަލުކުރި ފަހުން އިދިކޮޅު ފަރާތްތަކުން ބާއްވާ ފުރަތަމަ ޖަލްސާއެވެ.
އައްޑޫގައި ބާއްވާ ޖަލްސާގައި ބައިވެރިވެވެން ނެތްކަން މައުމޫންގެ ފަރާތްޕުޅުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވެނީ ކޮން ސަބަބަކާއި ހުރެ ކަަން މައުމޫނު އެމްޔޫއޯ އަށް އަންގަވާފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ގެންދަނީ މައުމޫނު ސަރުކާރާއި އެކު “ޑީލެއް” ހެއްދެވީ ކަމަށް ބުނަމުންނެވެ.
މިގޮތަށް އެމްޑީޕީ މެންބަރުން ބުނަމުން އަންނައިރު ފާރިސް ގޭބަންދަށް ބަދަލުކުރުމާއި އެކު މައުމޫނުގެ އެންމެ އަރިހުގައި މަސައްކަތް ކުރާ ބައެއް ފަރާތްތައް ވެސް އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކުން ނުފެންނަ ކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ