އިންޑިއާއަކީ އަދުއްވެއް ނޫންކަމަށާއި ނަމަވެސް އިންޑިއާއަކީ އިތުބާރު ކުރެވޭ ޒަމާންވީ އެކުވެރިއެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ އިންޑިއާއަކީ ބެސްޓް ފްރެންޑެއް ނޫންކަމަށާއި އެއީ އަދުވެއްވެއްކަމަށް ބުނެ އޮންލައިން ނޫސް ވަގުތުގައި ލިއުނު ލިއުމަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ އެވާހަކަތައް ކުށްވެރި ކުރައްވާ ކުރެއްވި ޓްވިޓެއްގައެވެ.I condemn the article in Vaguthu that brands India as an enemy of Maldives. Outrageous! No Maldivian in his right mind would subscribe to such views. India has been and remains a vey close and trusted friend of Maldives. https://t.co/3DVilUkXej— Maumoon Abdul Gayoom (@maumoonagayoom) December 19, 2017ލިއުމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫނު ވިދާޅުވީ އެއީ ހައްދުފަހަނަ އެޅުންކަމުގައެވެ. އަދި އެފަދަ ލިއުމެއް ލިއުނީތީ އެކަން ކުށްވެރި ކުރައްވާ ކަމުގައެވެ.
މީގެ އިތުރުން އެއްވެސް ދިވެއްސަކު ހަމަ ބުއްދީގައި ހުރެގެން އިންޑިއާއަކީ އަދުއްވެއްކަމަށް ނުބުނާނެ ކަމަށާއި އިންޑިއާއަކީ ޒަމާންވީ އިތުބާރު ކުރެވޭ އެކުވެރިއެއްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އިންޑިއާއަކީ އަދުއްވެން ނޫން، އިތުބާރު ކުރެވޭ އެކުވެރިއެއް: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ