ލަންކާގައި މޫސުން އިންތިހާއަށް ގޯސްވެފައިވާއިރު ދެ މަސްވެރިއަކު މަރުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ލަންކާގެ ނޫހެއް ކަމުގައިވާ ހިރޫ ނިއުސް އިން ރިޕޯޓް ކޮށްފި އެވެ.
އެ ނޫހުގައި ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ ތަންގައްލޭ އައްސޭރިއަށް މަސްވެރިއަކު މަރުވެގެން ލައްގާފައި އޮއްވާ ފެނިފައިވާއިރު ކަހާވާގެ އަމްބަލަގޯޑާގައި މަސް ދޯންޏެއް ބަންޑުން ޖަހާލައިގެން ހިނގި ހާދިސާއެއްގައި އިތުރު މަސްވެރިއަކު މަރުވެފައިވާކަމަށެވެ.
މީގެ އިތުރުން ދެ މަސްބޯޓެއް ގެއްލިފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށްވެސް ހިރޫ ނިއުސްގައި ރިޕޯޓް ކޮށްފައިވެ އެވެ.
މޫސުން އިންތިހާއަށް ގޯސްވެ ލަންކާގައި ދެ މަސްވެރިއަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ