ޝާހިދުގެ ދާއިރާގެ ޑީއާރުޕީ ދެ ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދާއިރާގެ ކެޔޮދޫ ދެ ކައުންސިލަރުން އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ވ ކެޔޮދޫ ކައުންސިލްގެ ޑީއާރުޕީ ދެ މެމްބަރުންކަމަށްވާ އިބްރާހިމް ޖަލީލު އާއި އާދަމް ޒަކީއެވެ. މި ދެ ކައުންސިލަރުން އެމްޑީޕީއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަދި ކެޔޮދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޒަކީއާއި ޖަލީލް އެމްޑީޕީއަށް ސޮއިކުރުމުން ކެޔޮދޫ ކައުންސިލްގެ މެޖޯރިޓީ މިހާރުވަނީ އެމްޑީޕީއަށް ލިބިފައެވެ.
މީގެ އިތުރުން ޝީ ބިލްޑިންގ ގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކެޔޮދޫ ދާއިރާގެ ޝާހިދުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސްވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ