އެމްޑީޕީގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް އެޕާޓީގެ މިހާރުގެ ރައީސް، މުހައްމަދު ނަޝީދު ކުރިމަތިލައްވަން ނިންމެވުމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފާޑު ވިދާޅު ވާހަކަދައްކަވައިފި އެވެ.
ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަަމުން ގާސިމް އިބްރާހީމް ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު ދުވަސްވަރު، "ޖޭޕީ ޕްރައިވެޓް ލިމިޓެޑް" އޭ ވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅުދެއްކެވި ކަމަށެވެ. އެހެން ވިދާޅުވެފައި މިހާރު އެކަމަކު އަނެއްކާ ވެސް މި ފެންނަނީ އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން އުޅުއްވާތަން ކަމަށް ގާސިމް ވިދާޅުވި އެވެ.
''މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑާއި ޖޭޕީއަށް ނިސްބަތް ކުރައްވައި ''ޖޭޕީ ޕްރައިވެޓް ލިމިޓެޑް'' އޭ ކިޔައިގެން ބޭފުޅަކު ވާހަކަދައްކަމުން ދިޔަ. އެބޭފުޅަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު. ''ޖޭޕީ ޕްރައިވެޓް ލިމިޓެޑް'' އޭ ކިޔައިގެން ވާހަކަދެއްކެވީ. އަޅުގަނޑުމެންނަށް މިއަދު ފެންނަނީ އެމްޑީޕީގެ ރައީސް ކަމަށް ތިންވަނަ ހަތަރުވަނަ ދައުރަކަށް ނަޝީދު ކުރިމަތިލައްވައިގެން އުޅުއްވާތަން. އަޅުގަނޑު ނުދަންނަވަން އެމްޑީޕީ ޕްރައިވެޓް ލިމިޓެޑެކޭ. ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މީހެއްގެ ގައިގައި ޖަހަން އުޅެފިނަމަ، އޭގެ އަނެއް ދުވަހު އަނބުރާ އެ އެއްޗެއް އަންނާނީ އެމީހެއްގެ ގަޔާއި ދިމާއަށް ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކީ ޕާޓީގެ އެންމެ އިސް ބޭފުޅާ ކަމަށް އޮތަސް ރައީސް ނަޝީދު މިހާރު ކަންކަން ކުރައްވާ ގޮތުން ސުވާލު ސުވާލު އުފެދޭ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ އެ ޕާޓީއަށް ގިނަ ބަޔަކު ގުޅެމުން އަންނާތީ އެކަމާ ވެސް ބަޔަކު ކަންބޮޑުވާ ކަމަށެވެ. އެހެން ނަމަވެސް ފުރުސަތުތައް އޮންނަ ދިމާއަކަށް މީހުން ދާނެ ކަމަށާއި އެހެންނޭ ކިޔާފައި އެމީހުންނަކީ ކުނީގެ ގޮތުގައި ސިފަކޮށް ފާޑުކިޔުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ނަޝީދު ޖޭޕީ ޕްރައިވެޓް ލިމިޓެޑޭ ވިދާޅުވި، އެކަމަކު އަޅުގަނޑު އެމްޑީޕީ ޕްރައިވެޓް ލިމިޓެޑެކޭ ނުކިޔާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ