މެންޗެސްޓާ ސިޓީ އާއި އާޖެންޓީނާގެ މުހިންމު ފޯވާޑް ސާޖިއޯ އަގުއެރޯއަށް އަނިޔާވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ސްޓޯކް ސިޓީ ބައްދަލުކުރި މެޗުގައި ސިޓީގެ ފޯވާޑް އަގުއެރޯގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ މެޗު ނިމެން އުޅެނިކޮށެވެ. ނަމަވެސް އެމެޗުގައި ސިޓީ 3 - 0 މޮޅުވިއިރު އަގުއެރޯއަށް އަނިޔާވެގެން ބޭލުމުގެ ކުރިން އަގުއެރޯ ވަނީ ލަނޑެއް ވެސް ޖަހާފައެވެ.
ސިޓީގެ ޑޮކްޓަރުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އަގުއެރޯ އަނިޔާއިން ސަލާމަތްވެގެން އާދެވޭނީ ކޮން ދުވަހަކު ކަމެއް އަދި ނޭންގެ އެވެ. އެހެންނަމަވެސް މިހާރު ޔަގީންވެފައިވާކަމަކީ އަންނަ ހޮނިހިރު ދުވަހު އެފްއޭކަޕްގައި ވެޓްފޯޑް އާއި ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި އަގުއެރޯއަށް ނުކުޅެވޭނެ ކަމެވެ.
މިދިޔަ ސީޒަންގައި ސިޓީއަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން އަގުއެރޯއަށް ޕްރިމިއާ ލީގުގައި އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާއަށް ނުކުޅެވިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.
"މި އިންޖަރީ އާއި ބެހޭގޮތުން އެއްޗެކޭ ބުނާކަށް އަދި ނޭންގޭ، އަދި އެއީ ކިހާ ދުވަހެއް ކަމެއްވެސް، އެކަމަކު އިނގޭ އެއްޗަކީ ހޮނިހިރު ދުވަހު އޭނާއަށް ނުކުޅެވޭނެ ކަމާއި އާސެނަލް މެޗުގައި އޭނާއަށް ނުކުޅެވިދާނެ ކަން." ސިޓީގެ ޑޮކްޓަރަކު ބުންޏެވެ.
އަގުއެރޯގެ އިތުރުން އިޓަލީގެ މާރިއޯ ބަލޮޓަލީ ވެސް އުޅެނީ ބަލިވެ އެވެ. އެހެންނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ އިރު ބަލޮޓަލީ ވޭތުވެދިޔަ ހަތަރު މެޗެއްގައި ނުކުޅެ އެވެ.
މެންޗެސްޓާ ސިޓީގެ ފޯވާޑް އަގުއެރޯއަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ