ދިގުރަށު އަލިފާނުގެ ހާދިސާ: ފިހުނު ދެ މީހުން އައިސީޔޫން ޚާއްސަ ވޯޑަކަށް ބަދަލުކޮށްފި

މިދިޔަ މަހު 12ގައި ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުން އައިސީޔޫއިން ޚާއްސަ ވޯޑަކަށް ބަދަލުކޮށްފިއެވެ. ދިގުރަށުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސިއަކު ވަނީ މަރުވެފައެވެ. އިތުރު ދެ މީހުން ފިހި، ދުމުގެ އަސަރު ކުރުމުން، އައިޖީއެމްއެޗުގައި ދެ މީހުންނަށްވެސް އަންނަނީ ފަރުވާދެމުންނެވެ އެ ދެ ބިދޭސީންގެ ވެސް ބޮޑުބައެއް ވަނީ ފިހިފައެވެ. އެ މީހުންނަށް ފުރަތަމަ ފަރުވާ ދިނީ، ވެންޓިލޭޓަރުގައެވެ. އެއަށް ފަހު، އައިސީޔޫއަށް ވަނީ، ދެ މީހުން ބަދަލުކޮށްފައެވެ. https://sun.mv/219529 'ސަން'އިން ސުވާލުކުރުމުން އައިޖީއެމްއެޗުން މިއަދު ބުނީ، އެ ދެ މީހުންނަށް މިހާރު ފަރުވާ ދެނީ ޚާއްސަ ވޯޑެއްގައި ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން އެ ރަށު ކައުންސިލުގެ ރައީސް އިބްރާހީމް ޢުސްމާން އޭރު ވިދާޅުވީ، ބިދޭސީން އުޅެމުން ދިޔަ ގޭގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، އެ ގޭގައި ވަދެ ނުކުތުމަށް ހުންނަނީ އަލިފާން ރޯވި ބަދިގެއާ އިންވެގެން ހުންނަ ދޮރު އެކަންޏެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މި މަހުގެ 13ވަނަ ދުވަހުގެރޭ ބުނީ، ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން ނިޔާވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ތަޅައިލައިގެން ކަމަށެވެ. އެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ