މާދަމާއިން ފެށިގެން 25 އަހަރުން މަތީގެ އާއްމުންނަށް ވެކްސިން ޖަހައިދެނީ

މާލެ ސިޓީ ސަރަހައްދުގެ ވެކްސިން ސެންޓަރުތަކުގައި މާދަމާ އިން ފެށިގެން 25 އަހަރުން މަތީގެ އާއްމުންނަށް ވެކްސިން ޖަހައިދޭން ނިންމައިފި އެވެ.އެޗްއީއޯސީން މިގޮތަށް ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެެވެ.އެޗްއީއޯސީން ވިދާޅުވީ، 25 އަހަރުން މަތީގެ މީހުންނަށް އިތުރުން، ދިގުމުއްދަތަކަށް ބޭސްކުރާ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އެންމެންނަށްވެސް މާދަމާ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.ކުރިން ވެކްސިން ދެމުން އައީ 35 އަހަރުން މަތީ މީހުންނަށް އެކަންޏެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 85،000 ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ. މާލެ ސަރަހައްދުން މިއަދު ވެކްސިން ދިން 2700 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 2262 މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ