ދަތުރުފަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އަންގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ގިނަ ސަހަރައްދުތަކަކަށް ޔެލޯ އެލާޓް އަދި ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރިފައިވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:15 އިން މެންދުރުފަހު 13:15 އަށެވެ.
ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ށ. އަތޮޅަށް، އަދި މ. އަތޮޅުން އައްޑޫ ސިޓީއަށެވެ. މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 9:15 އިން ހަވީރު 15:15 އަށެވެ.
މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގެ ކަނޑުތައް އިތުރަށް ގަދަވެފައި، ވިލާގަނޑުގައިވެސް އިތުރަށް ގަދަވާނެ ކަމަށް މުސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މި ދުވަސްވަރަކީ ގިނަ ބަޔަކު ޗުއްޓީއަށް، އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާނެ ދުވަސްވަރަަކަށްވާތީ، މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.
ރާއްޖޭގެ މޫސުން ގޯސްވާނެ، ސަމާލުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ